އެސްޓީއޯއިން ވިއްކާ ރަސަލް ހޮބްސްގެ އުފެއްދުންތައް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 1 އިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 31 ގެ ނިޔަލަށެވެ. އެސްޓީއޯ އިން ބުނީ، އެ މުއްދަތުގައި ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި ރަސަލް ހޮބްގެ އުފެއްދުންތައް ގަތުމަށް ހޭދަކުރާ ކޮންމެ 250 ރުފިޔާއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށެވެ.

އެސްޓީއޯ އިން ވިއްކާ ރަސަލް ހޮބްސްގެ ބައެއް ތަކެތި / ފޮޓޯ: އެސްޓީއޯ

ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކުން ހޮވޭ ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ އިރު، އެއްވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކީ 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާ އެކެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައި ވަނީ ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެކެވެ.

ރަސަލް ހޮބްސްއަކީ 1952 ވަނަ އަހަރު ވުޖޫދުވި، ދުނިޔޭގެ ނަން މަޝްހޫރު މަގްބޫލު ބްރޭންޑެކެވެ.