އެސްޓީއޯއިން ހިޓާޗީ ބްރޭންޑްގެ އެއާކޮންޑިޝަނާގެ ހާއްސަ "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ހިޓާޗީ އެއާ ކޮންޑިޝަންގެ ޕްރޮޑަކްޓުތަކުން 15 ޕަސެންޓްއާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި، މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ޖޫންގެ ނިޔަލަށް ކަމަށެވެ.

އެސްޓީއޯ އިން ބުނީ މިއީ އެސްޓީއޯއިން ގެނެސްދޭ ހިޓާޗީ އެއާ ކޮންޑިޝަނިން ޕްރޮޑަކްޓްތަކުގެ ހާއްސަ ވިޔަފާރީގެ ޕްރޮމޯޝަނެއް ކަމަށާއި، މި ޕްރޮމޯޝަންގައި 1000ރ. އިން މަތީގެ ކޮންމެ ގަތުމަކަށް ހާއްސަ ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުން 30،000ރ. ގެ ހޯމް އެޕްލައިންސް ސާމާނުގެ ޕެކޭޖެއް ނަސީބުވެރި ފަރާތަކަށް ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ބުނީ ހިޓާޗީ ބްރޭންޑުގެ އެއާ ކޮންޑިޝަނާތަކަކީ އެނާޖީ ލޭބަލް ލިބިފައިވާ، ތިމާވެށްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަ އުފެއްދުންތަކެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެސްޓީއޯ އިން ހިޓާޗީ ބްރޭންޑްގެ އެއާކޮންޑިޝަނާގެ ހާއްސަ ޕްރޮމޯޝަންތައް މީގެކުރިންވެސް ވަނީ ހިންގާފައެވެ. އަދި އަގުހުރި އެތައް އިނާމުތަކަކަކާއި ޑިސްކައުންޓުތަކެއް ކަސްޓަމަރުންނަށް ވަނީ ދީފައެވެ.