ޓީޗަރުންގެ ދުވަހާ ގުޅުވާ އުރީދޫން ހުރިހާ ޓީޗަރުންނަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.

އުރީދޫން ބުނީ، އަރާމާއި ލުއިދިނުމަށް ތެރަޕީ ދެމުން އަންނަ ފުޓްރެސްޓް އިން ހިދުމަތް ހޯދާ ހުރިހާ ޓީޗަރުންނަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް މި މަހުގެ ނިޔަލަށް ދޭން ނިންމާފައިވާ ކަމަށެވެ.

މި އޮފާ އަކީ ޓީޗަރުންގެ ދުވަހާ ގުޅިގެން އުރީދޫން ދޭން ނިންމާފައިވާ އޮފާއެކެވެ. ޑިސްކައުންޓް ހޯދުމަށް ހިދުމަތް ހޯދަން ދާ ޓީޗަރުން އެ ޓީޗަރުންގެ އައިޑީ ދެއްކުމުން ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

ޓީޗަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބަޔަކަށް ވާ އިރު، ގިނަ ވަގުތު ކޮޅަށް ހުރުމާއި ގިނަ ވަގުތު މަސައްކަތުގައި ޙޭދަ ކުރުމުން ޓީޗަރުންނަކީ ދުވަހުގެ މަސައްކަތް ނިންމާލާ އިރު ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސް ވާ ބައެކެވެ.

މިއަދަކީ ބައިންލައަގްވާމީ ޓީޗަރުންގެ ދުވަސް ގޮތުގައި ފާހަގަ ކުރާ ދުވަސް ކަމުން ޓީޗަރުންގެ ބުރަ މަސައްކަތް އަގުވަޒަން ކުރުމަށް އުރީދޫން ދޭ ހަދިޔާއަކީ ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.