ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މި ގޭމިން ފެސްޓިވަލްގައި ބާއްވާ މުބާރާތްތަކުގައި މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތައް ލިބުމުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މި މުބާރާތުގައިި މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށް ދައުވަތު އަރުވާފައިވާއިރު މިފެސްޓިވަލްގައި 4 މުބާރާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތްތައް:

1. ރޭސިން ސިމް ޗެލެންޖް

މި މުބާރާތުގައި ވާޗުއަލްކޮށް ކާރު ދުއްވުމުގެ ހުނަރު ދައްކާލާ އެހެން ކުޅުންތެރިންނާ ވާދަ ކުރާ ރޭސިން ސިމް ޗެލެންޖުން މޮޅުވާ ފަރާތްތަކަށް ވަރަށް ހާއްސަ ފައިސައިގެ އިނާމުތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނަ އަށް ދާ ފަރާތަށް 11،000 ރުފިޔާގެ ފައިސާ ގެ އިނާމު، 2 ވަނަ އަށް ދާ ފަރާތައް 8،000 ރުފިޔާގެ ފައިސާ ގެ އިނާމު އަދި 3 ވަނަ އަށް ދާ ފަރާތަށް 6،000 ރުފިޔާގެ ފައިސާ ގެ އިނާމު ލިބިގެންދާނެއެވެ.

2. ކޮސްޕްލޭ

ކޮސްޕްލޭ ޗެލެންޖްގައި ބައިވެރިވުމަށް ރެޖިސްޓާ ވާ ފަރާތްތަކުން އުރީދޫ ނޭޝަން ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލަށް އަންނަން ވާނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ކެރެކްޓާއެއްގެ ކޮސްޓިއުމުގައި ކަމަށް އުރީދޫއިން ބުނެއެވެ. މި މަހުގެ 19 އަދި 20 ވަަނަ ދުވަހު މި ގޭމިންގް ފެސްޓިވަލްގައި ކޮސްޓިއުމްތައް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާއިރު 3 ޖަޖުން ބައިވެރިންގެ ކޮސްޓިއުމްތައް ޖަޖް ކޮށް އެންމެ ފުރިހަމަ އަށް ކޮސްޓިއުމް ތައްޔާރު ކޮށްފައިވާ ބައިވެރިއަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

3. އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24)

ގޭމަރުންގެ މެދުގައި މަގުބޫލު ފުޓުބޯޅައިގެ ގޭމު ކަމަށް ވާ އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24) ގައި ވާދަކުރާފަރާތްތަކުގެ ތެރެއިން 1 ވަނައަށް ދާ ފަރާތަކަށް 20،000 ރުފިޔާ އަދި 2 ވަނައަށް ދާ ފަރާތަކަށް 5،000ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

4. ޓެކްކެން މުބާރާތް

ޓެކްކެން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ހާއްސަ ފައިސާގެ އިނާމުތަކެއް ހަމަޖެހިފައިވާ އިރު، މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 19 އަދި 20 ވަނަ ދުވަހު ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. ޓެކްކެން މުބާރާތުގައި ވާދަކޮށްގެން 1 ވަނަ އަށް ދާ ފަރާތަށް 5،000 ރުފިޔާގެ ފައިސާ ގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު 2 ވަނަ އަށްދާ ފަރާތައް 3،000 ރުފިޔާގެ ފައިސާ ގެ އިނާމު އަދި 3 ވަނަ އަށް ދާ ފަރާތަށް 2،000 ރުފިޔާގެ ފައިސާ ގެ އިނާމު ދިނުމަށް އުރީދޫއިން ވަނީ ނިންމާފައެވެ.

މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ގޭމަރުންނަށް މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 އާ ހަމައަށް އުރީދޫ ގޭމާސްލޭންޑް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން އިތުރަށް ބުނީ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ވެސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައި ކަމަށެވެ. އަދި 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމުން ފައިނަލްގައި ވާދަކުރާނެ ކަމަށެވެ.

ޕަބްޖީ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމުތަކަށް ބަލާއިރު 1 ވަނަ އަށް ދާ ޓީމަށް 50،000 ރުފިޔާގެ ފައިސާ ގެ އިނާމު، 2 ވަނަ އަށް ދާ ޓީމަށް 20،000 ރުފިޔާގެ ފައިސާ ގެ އިނާމު، 3 ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާގެ ފައިސާ ގެ އިނާމު، 4 ވަނަ އަށް ދާ ޓީމަށް 5،000 ރުފިޔާގެ ފައިސާ ގެ އިނާމު ގެ އިތުރުން 5 ވަނައިން ފެށިގެން 10 ވަނަ އަށް ދާ ޓީމުތަކަށް 1،500 ރުފިޔާގެ ފައިސާ ގެ އިނާމު އަދި 11ވަނަ އިން ފެށިގެން 16 ވަނަ އާއި ހަމައަށް ވަނަ ހޯދާ ޓީމުތަކަށް 1،000 ރުފިޔާގެ ފައިސާ ގެ އިނާމު ދިނުމަށް އުރީދޫއިން ވަނީ ނިންމާފައެވެ.

މި މުބާރާތްތަކުގެ އިތުރުން ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް އެކްސްޕްލޯކުރުމާއި، ރައްޓެހިންނާއެކު ޖަސްޓް ޑާންސްއަށް ޑާންސް ކުރުމާއި، ތްރޯ ދަ ހޫޕް ފަދަ ގޭމުތަކުގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މީގެއިތުރުން ކުޑަކުދިންނަށް ހާއްސަ ކިޑްސް އެރީނާ އަދި ޔޫވީ ފޭސް ޕެއިންޓު ސްޓޭޝަންގެ އިތުރުން ފޮޓޯ ބޫތުއެއްވެސް ހިމެނިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.