ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ގާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
ރައީސްގެ ބައިވެރިވުން ނުހިމެނޭހެން މަޖިލީހުން އަމިއްލަ އަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ (ށ) ގައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ އިއްވާނެއެވެ.
މިދިޔަ މަހު 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ކުރިއަށް އޮތް 30 ދުވަހުގެތެރޭ ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ފާސްކޮށްފައެވެ. އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގައި ފުރަތަމަ އޮތީ ނޮވެމްބަރު މަހުގެ 30 ގެ ކުރިން ނިޒާމީ ވޯޓު ނަގަން ޖެހޭ ގޮތަށް ލާޒިމްކޮށްފައެވެ. ނަމަވެސް އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނަގަން ޖެހޭ ގޮތަށް އިސްލާހުކޮށް އެ ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
ގިނަ މެންބަރުން ވަނީ މުޅި މަޖިލީހުގެ ކޮމިޓީގައި މި ގަރާރަށް ބަހުސްގެ ތެރެއިން ތާއީދުކުރައްވާ ކަން ހާމަކޮށްފައެވެ.
އެމްޑީޕީ އެކަކު ވެސް ނުދާތި ބޮއިކޮޓް ކޮއްލާ