އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 15 ލިބޭ ޕްރޮމޯޝަން އެއް އުރީދޫއިން ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫ ޕްރިމިއާ ކްލަބަށް ގުޅުމުން ޕްރޮމޯޝަންގައި ބައިވެރިވޭނެ ކަމަށެވެ. އަދި ޕްރިމިއާ ކްލަބުގައި މިހާރު ތިބި ކަސްޓަމަރުންވެސް ގުރުއަތުގައި ހިމެނޭނެ ކަމަށް އުރީދޫއެިން ބުނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ލިބިގެންދާނީ އައިފޯން 15 ޕްރޯ މެކްސް އެއް ކަމަށް އުރީދޫއިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ހިތްގައިމު ރީތި އާ ޑިޒައިނާ އެކު އެޕަލް އިން ނެރެފަވާ އެންމެފަހުގެ އައިފޯން ފްރީ-އޯޑާ ކުރުމަށް އުރީދޫއިން މޫލީ މެދުވެރިކޮށް ހުޅުވާލާފައިވަނީ އިއްޔެއެވެ.

މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް އަންނަ ހުކުރު ދުވަހު ފޯނު ހަވާލުކުރެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އުރީދޫއިން އިތުރަށް ބުނީ ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބުމުގެ އިތުރުން ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭ ގޮތަށެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ 17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނެއެވެ.