ހިތްގައިމު ރީތި އާ ޑިޒައިނާ އެކު އެޕަލް އިން ނެރެފަވާ އެންމެފަހުގެ އައިފޯން ފްރީ-އޯޑާ ކުރުމަށް އުރީދޫއިން މޫލީ މެދުވެރިކޮށް ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ މޯލްޑިވްސް އިން މޫލީ މެދުވެރިކޮށް ޕްރީ އޯޑާއަށް ހުޅުވާލާފައިވާ ކަމަށެވެ.
އައިފޯންގެ މި އާ ލައިނަޕްގެ ފޯނުތަކަށް މިއަދުން ފެށިގެން މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް އަންނަ ހުކުރު ދުވަހު ފޯނު ހަވާލުކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން އިތުރަށް ބުނީ ޕްރީ އޯޑާ ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބުމުގެ އިތުރުން ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑާ ކުރާ ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރުމަށް ޑޭޓާ ލިބޭނެކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
ފޯނުގެ އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު ހޯދުމާއި ޕްރީއޯޑާ ކުރުން މޫލީ އެޕް މެދުވެރިކޮށް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭ ގޮތަށެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ 17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނެއެވެ.