އެޕަލް އިން އެންމެ ފަހުން މާކެޓަށް ނެރުނު އައިފޯން 15 ޕްރޯ، އުރީދޫ މޯލްޑިވްސް އިން މިރޭ ޕްރީ އޯޑަރަށް ހުޅުވާލަން ނިންމައިފިއެވެ.
އުރީދޫއިން ބުނީ މިރޭ 12:01 ގައި ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށާއި ޕްރީއޯޑާ ކުރެވޭނީ އުރީދޫގެ އިކޮމާސް ޕްލެޓްޕޯމް ކަމަށް ވާ މޫލީން ކަމަށެވެ. އުރީދޫން އިން ކުރި ޕޯސްޓެއްގައި ވަނީ ކަސްޓަމަރުން ހިޔާރު ކުރަނީ ކޮން ކުލައެއް ތޯ ވެސް އަހާފައެވެ.
އެޕަލް ކުންފުނިން ދާދި ފަހުން މާކެޓަށް ނެރުނު އައިފޯން 15 އާއި 15 ޕްރޯ އަކީ 48 މެގަޕިކްސެލް މެއިން ކެމެރާއަކާ އެކުގައި ނެރެފައިވާ ފޯނެކެވެ. އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސް އަކީ ޓައިނޭނިއަމް ޑިޒައިނާ އެކު އުފައްދާފައިވާ މިހާތަނަށް އެންމެ ތުނި ބޯޑަރާ އެކުގައި އުފެއްދި އައިފޯނެވެ. މި އައިފޯންގައި ވަނީ ކުރިން ވެސް ލަފާކުރި ގޮތަށް ޗާޖިން ޕޯޓް ލައިޓްނިން އިން ޔޫއެސްބީ ސީ އަށް ބަދަލުކޮށްފަ އެވެ. އެހެންވެ ޗާޖިން ކޭބަލްގެ އިތުރުން ހެޑްސެޓްގައި ވެސް ދެން ބޭނުންކުރާނީ ޔޫއެސްބީ ސީއެވެ.
ޕްރައިވެސީ އާއި ސެކިއުރިޓީ އަކީ އައިފޯނަށް އިސްކަންދޭ މީހުން ބަލާ އެންމެ މުހިއްމު ކަމެއް ކަން ފާހަގަ ކުރެވެއެވެ. އައިފޯން 15 ގެ ސެކިއުރިޓީ ފީޗާ ތަކަށް ބަލާއިރު، އެޑްވާންސް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީއާއެކު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަމާއެކު ޑިވައިސްތައް އަންލޮކްކޮށް، އެމީހުންގެ ޕާސަނަލް ޑޭޓާ ހިމާޔަތްކުރެވޭނެ ކަމަށް އެޕަލް އިން ބުނެއެވެ.
އައިފޯން 15 ގެ އެންމެ ފާހަގަކޮށްލެވޭ އެއް އަޕްޑޭޓަކީ އޭގެ ކެމެރާ ސިސްޓަމެވެ. މި ފޯނުގެ ޓްރިޕްލް ލެންސް ކެމެރާ ސިސްޓަމެއް ހިމެނޭ އިރު، އޭގެ ތެރޭގައި އިމްޕްރޫވްޑް ސެންސަރުތަކާއި އޭއައި ޑްރިވެން އެންހޭންސްމަންޓްތައް ހިމެނެއެވެ. 108 މެގަޕިކްސެލްގެ ޕްރައިމަރީ ސެންސަރުން ފޮޓީ ކޮލިޓީއަށް ސާފުކަމާއި ތޫނުކަން ގެނެސްދޭ އިރު އަލްޓްރާ ވައިޑް އަދި ޓެލެފޮޓޯ ލެންސުން ފޮޓޯގްރަފީގެ ހުރިހާ ހާލަތަކަށް ވެސް ވާސަޓައިލިޓީ ކަށަވަރުކޮށް ދެއެވެ. ނައިޓް މޯޑާއި ލޯ ލައިޓް ފޮޓޯގްރަފީއަށް ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް މި ފޯނުން ފާހަގަ ކުރެވެއެވެ.