އަންނަ އޮކްޓޯބަރު މަހުގެ 19، 20 އަދި 21 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" މިއަދު އިއުލާނު ކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެއެވެ.
މިގޮތުން އުރީދޫ ނޭޝަން ގޭމާސް ލޭންޑްގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗް ތަކުގެ އިތުރުން ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން ޓޯނަމެންޓް ހިމެނޭ ކަމަށް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.
އުރީދޫން ބުނީ، ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއްވުމަކަށް ކަމަށާއި މަޖާ އަދި ވާދަވެރި މަގްބޫލް ގޭމުތަކުގެ މުބާރާތްތަކާއި، ތަފާތު އެކި ގޭމު ކުޅުމުގެ ތަޖުރިބާ އާއި ފޭސް ޕެއިންޓިންގް ފަދަ ހަރަކާތްތައް މި އިވެންޓްގައި ކުރިއަށްދާނެ ކަމަށެވެ.
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ (އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލް)
އުރީދޫން ބުނީ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފިނަލް މެޗުތައް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައި ކަމަށެވެ. މިގޮތުން 2022 ވަނަ އަހަރު ބޭއްވި ރޯޑްޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމެއް ފައިނަލްގައި އެއްލައްކަ ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލަށް އަށް ވާދަކުރާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ގްރޭންޑް ފައިނަލްގެ އިތުރުން މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި ރަޖިސްޓާ ކުރުމުގު ތަފްސީލް އުރީދޫ ނޭޝަން ވެބްސައިޓާއި، އުރީދޫ ނޭޝަން ގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާ ކުރާނެ ކަމަށެވެ.
މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ:
- 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
- 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
- 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
- 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް
އުރީދޫން ބުނީ، ގެމާސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށްވުރެ ބޮޑު ފެސްޓިވަލެއް ކަމަށާއި ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން ޖަސްޓް ޑާންސްއަށް ރައްޓެހިންނާއެކު ނަށާލުމާއި، ތްރޯ ދަ ހޫޕް ފަދަ ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.
ކިޑްސް އެރީނާގައި ޒުވާން ގޭމް ކުޅޭ ކުދިންނަށް ވެސް މަޖާ ގޭމްތަކާއި ޔޫވީ ފޭސް ޕެއިންޓިން ފަދަ ހަރަކާތައް ކުރިއަށްދާނެ ކަމަށާއި އަދި ފޮޓޯ ބޫތުތަކުގައި އުރީދޫ ނޭޝަން ގޭމް ފެސްޓިވަލް ހަދާނީ ފޮޓޯތައްވެސް ނެގޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، މި ގޭމިންގް ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ އެންމެނަށްވެސް ދައުވަތު އަރުވާ ކަމަށެވެ.