މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރު ތަކުން ނަގާ އަގުތައް ކުޑަކުރަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބުނީ މާލޭ ކޮމާޝަލް ހާބާ އަދި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްއިން ރީޖަނަލް ޕޯޓުތަކަށް ޓްރާންޝިޕް ކުރާ ލޭޑަން ކޮންޓެއިނަރުތަކުގެ ހޭންޑްލިން، ވޯފޭޖް ޗާޖް އަދި އެމްޕްޓީ އަންލޯޑިން ސްޓީވޯޑޮރިން އަދި ހޭންޑްލިން ޗާޖަސް ކުޑަކުރުމަށް ނިންމާފައި ވާކަމަށެވެ.

ސަރަހައްދީ ބަނދަރުތަކަށް ގެންދާ ކޮންޓެއިނަރުތަކުން މިހާރު ނަގާ އަގުތައް

މި ގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 25 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

ޑޮމެސްޓިކް ޓްރާންޝިޕްމަންޓަށް ނަގާ ފީތައް ކުޑަކުރުމުން ރާއްޖެ އަށް މުދާ އެތެރެކޮށް ޕޯޓުތަކުން ކްލިއާ ކުރުމަށް ކުރާ ހޭދަ ކުޑަވެގެން ދާނެއެވެ. މީގެ އިތުރުން އެމްޕީއެލް އިން ބުނީ ކޮންޓެއިނަރުތަކުން ނަގާ އަގުތައް ކުޑަކުރުމުން މުދަލުގެ އަގު ހެޔޮކުުރުމަށް ވިޔަފާރިވެރިންނަށް ވެސް ފަސޭހަވެގެން ދާނެކަމަށެވެެ.

އެމްޕީއެލް އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދާދިފަހުން ވަނީ މުދާ އުފުލުމަށް ހާއްސަ އިތުރު އުޅަނދުތަކެއް ގެނެސްފައެވެ. އެގޮތުން ކޮންޓެއިނަރު އުފުލަން 4 ރީޗް ސްޓެކާ، 2 ފޯކްލިފްޓްގެ އިތުރުން އެމްޕްޓީ ހޭންޑްލާއެއް ވަނީ ގެނެސްފައެވެ. މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހުވެސް ވަނީ 4 ރީޗް ސްޓެކާ ގެނެސްފައެވެ.

އެމްޕީއެލް އިން ރާއްޖޭގެ އުތުރާއި ދެކުނުގައި ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ކުޅުދުއްފުށި އަދި އައްޑޫ ޕޯޓްގައި ދެމުން އަންނަ ހިދުމަތްތައްފުޅާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.