ރައްޔިތުންގެ މަޖިލީހުން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގައުމީ ޖިހާދުގެ ތެދުކަން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ބައިވެރިވި 8 ކެންޑިޑޭޓުންނާ ވާދަކޮށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުން ކުރި ހޯއްދެވުމާ ގުޅިގެންނެވެ.

ޖަމީލް ވިދާޅުވީ ފެންނަން އޮތީ އަލި ސާފު މަންޒިލެއް ކަމަށާއި ރައްޔިތުން ގޮތް ނިންމައިފި ކަމަށެވެ. އަދި މިއަދުގެ އިންތިހާބުގައި ރައްޔިތުންގެ ކޯޓުން ނިންމީ ރައީސް ޔާމީނުގެ ގައުމީ ޖިހާދުގެ ތެދުކަން ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކޯޓުތައް މެދުވެރިކޮށް ސިޔާސީ ލީޑަރުން އިންތިހާބުން އެއްކިބާ ކުރުމަކީ ގައުމީ ޖަރީމާއެއް ކަމަށާއި ރައީސް ޔާމީން ވަގުތުން ދޫކޮށްލަންވީ ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ދެން ނު ހިފެހެއްޓޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.