ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ވައުދުތައް ފުއްދެވުމަށް ރައީސް ޑރ. މުއިއްޒަށް ދެން ހުރަހެއް ނެތްކަމަށާއި ގެއްލުނު ކަނޑު ހޯއްދަވަންވީ ވައުދު ފުއްދެވުމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެދިވަޑައިގެންފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ކޮރަޕްޝަނާއި، ފަސާދައަށް ޖާގަ ނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ގެއްލުނު ކަނޑު ހޯއްދަވާދެއްވަންވީ ވައުދު ފުއްދެވުމުގެ އިތުރުން ގައުމުގެ ހަރުމުދާ، އެއާޕޯޓްސް އަދި ބިންތައް ނުވިއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯއްދަވާ ދެއްވައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހައްދަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު، 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ވަނީ ވިދާޅުވެފައެވެ.
ކަނޑުގެ މައްސަލައިގައި އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައި ހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ.
އަގެއް ނެތް ބައެއް. ކަމެއް ނެތް އަގުޅިއެއް. ކޮރަޕްޓް ،ހަރުކަށި ،ބޮޑާ،ގޮތް ދޫނުކުރާ ،ރުންކުރުމީހެއްގެ ތައްޕާހަށް