ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ދެކޮޅަށް ޕީއެންސީ އަދި ޕީޕީއެމް އިން ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހޫނު ރައްދެއް ދެއްވައިފިއެވެ.
ރައީސް ޔާމީނާ އެކު އާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެމަނިކުފާނާ އެންމެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި މަލީހެވެ. އެ ބޭފުޅުންނަކީ ޔާމީންއަށް އިހްލާސްތެރި ބައެއް ނޫން ކަމަށް ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާުވެފައެވެ.
އެގޮތުން ރައީސް ޔާމީންގެ ސަރުކާރު ވައްޓާލުމަށް ވެސް އިދިކޮޅަށް ގިނަ މަސައްކަތްތަކެއް އެ ބޭފުލޫން ކުރެއްވި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ޔާމީނަށް އެ ބޭފުޅުން އަނިޔާވެރިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެ ބޭފުޅުން އެ ގެންދަވަނީ ރައީސް ޔާމީންގެ ނާޖާއިޒް ފައިދާ ނަންގަވަމުން ކަމަށާއި މި ހުރިހާ މައްސަަލއެއް މި ދިމާވީ އެ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ސަރުކާރުގެ އިސް މާގަމެއް ނުދިނީމަ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޕީއެންސީން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މަލީހް ވިދާޅުވީ، މި ވަގުތު ރައީސް ޔާމީން ހުންނެވި ކޮންތާކުތޯ ބެއްލެވުމަށާއި، އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި މީހުން ބެއްލެވުމަށެވެ. އެ މަންޒަރަކީ ޕީޕީއެމް ޕީއެންސީގެ ތުހުމަތުތަކަށް ދެވޭ ޖަވާބެއްގެ ގޮތުގައި ފުދޭނެ ކަމަށް މަލީހް ވިދާޅުވިއެވެ.
މި މަހުގެ 23 ވަނަ ދުވަހު ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑަިއގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވާނެ ވާހަކަ ވަނީ އިއުލާން ކުރައްވާފައެވެ. މިހާތަނަށް އައި އިރު އެ ޕާޓިއަށް ކިޔާ ނަމާއި ލޯގޯ އަދި ޕާޓީގެ ކުލަ ވަނީ އާންމުކޮށްފައެވެ. އެ ގޮތުން ޕީއެންއެފްގެ ޕާޓީގެ ކުލައަކީ ދަނބު ކުލައެވެ.
ޕީއެންސީ އުފެއްދުމުގެ ހުއްދަ ހޯދުމަށް އީސީއަށް ހުށަހަޅާފައިވާ އިރު، މަލީހް ވިދާޅުވަނީ އީސީން ހުއްދަ ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އެގޮތުން މާދަމަ ހުއްދަ ލިބޭނެ ކަމަށާއި އެއާއެކު އެ ޕާޓީއަށް މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އެކި ސަރަހައްދުތަކުން ޕާޓީއަށް ސޮއިކުރަން ހުށަހަޅާފައިވާ ފަރާތްތަކަށް ބޭނުންވާ ވަރަށް ފޯމްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަލީހް ވިދާޅުވިއެވެ. މިހާރު ވެސް އެދޭ މީހުންނާ އެއްވަރަށް ފޯމްތައް ޕްރިންޓް ނުކުރެވޭ ކަން ފާހަގަ ކުރައްވަމުން މަލީހް ވިދާޅުވީ، އެހާ ވެސް ތާއީދު ބޮޑު ކަމަށެވެ. އަދި ރައީސް ޔާމީނަކީ ރާއްޖޭގެ އެންމެ ތާއީދު ބޮޑު ސިޔާސީ ޝަހުސިއްޔަތު ކަމަށާއި ވަރަށް އަވަހަށް ބޭނުންވާ އަދަދަށް ފޯމުތައް ހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ވަރަށް ގިނަ ބަޔަކު އެދެމުން އަންނަތީ ވަރަށް އަވަހަށް ޕާޓީގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މަލީހް ވިދާޅުވިއެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި އެ ޕާޓީގެ ވެބްސައިޓް ލޯންޗުކުރާނެ ކަމަށް މަލީހް ވިދާޅުވިއެވެ.
ޕީއެންއެފްގެ ކުލައިގެ ގޮތުގައި ދަނބު ކުލަ ނަގާފައި ވާތީ އެކަމާ ގުޅީގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއަކަށް ދަނބު ކުލަ ދިނުމަކީ ނާދިރު ކަމެއް ކަމަވެ. މި ކަމާ ގުޅީގެން މަލީހް ވިދާޅުވީ، ކުލައިގެ ވާހަކަ ދައްކަން މީ އަދި މާ އަވަސް ވަގުތެއް ކަމަށާއި ކުލަޔާ ހަމައަށް ދާނީ ޕާޓީ އުފައްދަން ބާއްވާ ޖަލްސާއާ ހަމައިން ކަމަށެވެ. އެ ކުލަ ލިބޭނެ ކަމަށާއި ކުލައަކީ ރާއްޖޭގެ ގާނޫނުން ވަކި ބަޔަކަށް މިލްކު ކުރެވޭ ގޮތަށް އޮތް އެއްޗެއް ނޫން ކަމަށް މަލީހް ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު މަޝްރޫއުއަކީ 20 އަހަރުގެ ޕްލޭނެއް ކަމަށްވެފައި އެތަނުގައި އާބާދު ކުރެވެނީ އެންމެ 75 ހާސް މީހުން ކަމަށްވުމުން އެއީ ހުޅުމާލެ އާއި ދާދި އެއްވަރަށް ނޫންތޭ އެއާބާދި އެއަރަނީ ތިޔާ ގައި ބިނާވެށިކުރާ ގޮތުގެ މައްސަލަ އެބައުޅެއޭ އެތަނުގައި 1 މިލިއަން މީހުންނަށް ދިރިއުޅެވެން ޖެހޭނެއޭ އަދި ރާއްޖޭގެ އިންޑަސްޓްރިއަލް ސިޓީ އެއް ހެދުމަށް ޓަކައި އަވަހަށް ގާފަރު ފަޅު ހިއްކަން ފަށަންވީއޭ އެމްޓީސީސީ އަށް ދީގެން އެނޫންނަމަ އަންނަ އަހަރު ލޯނަށް ދައްްކާނެ ފައިސާ އެއް ނުހުންނާނެއޭ ގާފަރު ފަޅު ހިއްކާ