އުރީދޫ މޯލްޑިވްސް އިން ދާދިފަހުން ހުޅުވި އުރީދޫ ހެޑްކުއާޓާސްގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ޝެއާ ކޮށްގެން އިނާމެއްގެ ގޮތުގައި އިންސްޓަ 360 ކެމެރާއެއް ލިބޭ މުބާރާތެއް ފަށައިފިއެވެ.

އުރީދޫން ބުނީ، މި މުބާރާތުގައި ބައިވެރިވެވޭނީ އޮގަސްތް 28 އިން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާ ދެމެދުގައި ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް އުރީދޫ ހެޑްކުއާޓާސްގެ "ސަޅި" ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނަގައި ސޯޝަލް މީޑިއާގެ ހަތަރު ޕްލެޓްފޯމުން ކުރެ ޕްލެޓްފޯމެއްގައި ޝެއާ ކުރުމަށް އުރީދޫން ބުނެއެވެ. އެ ޕްލެޓްފޯމް ތަކަކީ ދިވެހިންގެ ތެރޭގައި އެންމެ މަގްބުލް ހަތަރު ޕްލެޓްފޯމް ކަމަށް ވާ ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ އަދި ޓިކްޓޮކްއެވެ.

މުބާރާތުގައި ބައިވެރިވުމަށް ކުރަން ޖެހޭ ކަންކަން:

  • ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ އަދި ޓިކްޓޮކް ގައި އުރީދޫ ހެޑްކުއާޓާސްގެ ފޮޓޯ ނުވަތަ ވީދީއޯ ޝެއާ ކުރުން
  • ޕޯސްޓްގައި އުރީދޫ މޯލްޑިވްސް ޓެގް ކޮށް ހޭޝްޓެގް މަވެސް އުރީދޫ ޖެހުން
  • ފޮޓޯއާއި ވީޑިއޯ އަކީ މުބާރާތުގެ މުއްދަތު އޮގަސްޓް 28 އިން ސެޕްޓެމްބަރު 30 އާ ދެމެދުގައި ޕޯސްޓް ކުރުން
  • އަމިއްލައަށް ނަގާފައި ފޮޓޯ ނުވަތަ ވީޑިއޯއަކަށް ވުން
  • ޕޯސްޓް ޝެއާ ކުރާއިރު އެއީ ޕަބްލިކަށް ފެންނަ ގޮތަށް ލާފައިވާ ޕޯސްޓަކަށް ވުން

މި މުބާރާތުގައި ވަނަ ހޮވަން ހަމަޖެިހފައި ވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފޮޓޯ ކެޓަގަރީ އާއި ވީޑިއޯ ކެޓަގަރީ ހިމެނެއެވެ. މި ދެ ކެޓަގަރީން ވެސް އެންމެ މޮޅު އެއް ފަރާތް ހޮވައި އެ ފަރާތަކަށް އިންސްޓާ 360 ކެމެރާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ފޮޓޯއާއި ވީޑިއޯގެ ވަނަތައް ހޮވާއިރު ބަލާ ކަންކަމުގެ ތެރޭގައި، 20 ޕަސެންޓް މާކްސް ދިނުމަށް ހަމަޖެހިފައިވާ 4 ބައެއް ހިމެނެއެވެ. އަދި 10 ޕަސެންޓް މާސްކް ދިނުމަށް ދެ ބައެއް ހިމެނެއެވެ. 20 ޕަސެންޓް މާސްކް ދެނީ، އިންޕެކްޓް، ލައިޓިން، ކޮމްޕޮޒިޝަން އަދި އޮރިޖިނަލިޓީއަށެވެ. ދެން މާކްސް ދޭ ދެ ބަޔަކީ ކޮލިޓީއާއި އެ ޕޯސްޓަށް ލިބިފައިވާ ލައިކްސް އަދި ޝެއާއިންނެވެ.