އިންޑިއާގެ ވިސްތާރާ އެއާލައިންސް އިން ރާއްޖެ އާއި ނިއުދިއްލާއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފއެވެ.

އެ އެއާލައިނުން ބުނިގޮތުގައި ރާއްޖެއާއި ދިއްލީއާ ދެމެދުގެ ދަތުރުތައް ފަށާނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. އަދި މި ދަތުރުތަކުގައި އޭ320ނިއޯ މަތިންދާބޯޓު އޮޕަރޭޓް ކުރާއިރު، އެ މަތިންދާބޯޓުގައި އިކޮނޮމީ، ޕްރިމިއަމް އަދި އަދި ބިޒްނަޒް ކުލާހުގެ ކޮންފިގަރޭޝަން ހުންނަ ކަމަށް އެއާލައިނުން ބުނެއެވެ.

ވިސްތާރާއިން ނެރުނު ނޫސް ބަޔާނުގައި ބުނިގޮތުގައި އެ އެއާލައިނުން އިންޑިއާގެ އިތުރު މަންޒިލްތަކުން ރާއްޖެއަށް ދަތުރުތައް ފެށީ އިންޑިއާގެ ޓޫރިސްޓުން އަންނަ ވަރު އިތުރުވަމުން އަންނާތީއެވެ.

އެކަމާ ގުޅިގެން ވިސްތާރާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވިނޯދް ކަންނަން ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ވިސްތާރާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2021 ވަނަ އަހަރުގެ މާޒު މަހުގެ ތެރޭގައެވެ. އޭރު ދަތުރުތައް ފެށީ މުމްބާއީ އާއި ރާއްޖެއާ ދެމެދުއެވެ. ވިސްތާރާ އަކީ އިންޑިއާގެ ޓާޓާ ސަންސް އާއި ސިންގަޕޯ އެއާލައިންގެ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.