ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާއި، ދިޔަނެރު ފަޅު އަދި ތިލަފުށީގެ އޭރިއާ ޑީގެ ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީ ކުންފުންޏާ ހަވާލުކޮށް އެ މަސައްކަތް ފަށައިފިއެވެ

އާބަންކޯ އިން ބުނީ، ސީއެމްސީ އާ ހަވާލްކޮށްގެން ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ދާއިރު، ހުޅުމަލޭގެ ފޭސް 3، ދިޔަނެރުފަޅު، ތިލަފުށި އޭރިއާ ޑީ، ބިން ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) ޕްރައިވެޓް ލިމިޓެޑް އާ ކަމަށެވެ.

މި މަޝްރޫއު ނިމުމުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކުންފުނީގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމަށް އާބަންކޯއިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރު ބިން ހިއްކާނެ ކަމަށާއި، ދިޔަނެރުން 24.6 ހެކްޓަރު ބިން އަދި ތިލަފުށި އޭރިއަ ޑީ އިން 9.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.