އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މާދަމާ ދޫކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީ އީ އިން ބުނީ، އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މާދަމާ ހެނދުނު 9:00 ގައި، އަދި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މާދަމާ 10:00 ގައި ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ. އަދި ނަތީޖާ ސެންތަރުތަކަށް ލިބުމާއެކު އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންނަށް ހަމަ އެދުވަހު ސެންޓަރުތަކުން ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށެވެ.

ޕްރައިވެޓްކޮށް ޑީޕީއީގައި އިމްތިހާނު ހެދި ހުރިހާ ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރަމުން ގެންދާނީ މާދަމާ މެންދުރު 12:00 އިން ފެށިގެން ކަމަށް ޑީޕީއީ އިން ބުނެއެވެ.

އަދި ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، އެ ކެންޑިޑޭޓް އިމްތިހާނު ހެދި ސެންޓަރަށް ނަޓިޖާ ރީޗެކް ކުރަން އެދި ހުށަހަޅަންވާނެ ކަމަށް ޑީޕީއީ އިން ބުނެއެވެ.

ކޭމްބްރިޖް އައިޖީއެސްއީ އިމްތިހާނުގައި މިއަހަރު 6698 ކެންޑިޑޭޓުން ބައިވެރިވެފައިވާ އިރު، އެސްއެސްސީ އިމްތިހާނުގައި މިއަހަރު 6107 ކެންޑިޑޭޓުން ބައިވެރިވެފައި ވެއެވެ.