ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އަށް 47 އަހަރު ހިދުމަތްކޮށްދެއްވި މުހައްމަދު ޒަކީ އަވަހާރަވެެއްޖެެއެވެ.

ޒަކީ އަވަހާރަ ވިއިރު އުމުރަކީ 68 އަހަރެވެ.

ޒަކީ އަކީ ހުޅުމާލެ 04-1-56، ކ. މާލެ އަށް ނިސްބަތްވާ ބޭފުޅެކެވެ. ޒަކީ އަވަހާރަވެފައި ވަނީ އިއްޔެ އެވެ. މަރްހޫމްގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު މަސްޖިދު ޒައިދުބިން ޡާބިތް (ސަހަރާ މިސްކިތް) ގައެވެ.

މުހައްމަދު ޒަކީ

ޒަކީ އަށް ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ ގައުމީ އިނާމުވެސް ލިބިފައެވެ.

ޒަކީ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ޒަކީއަށް ހެޔޮ ރަހުމަތް ލައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާފައެވެ.