އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ރޯކޮށްލައިފިއެވެ.
ކެމްޕެއިން ދަތުރުފުޅުގައި މިއަދު ރައީސް ގދ އަތޮޅަށް ވަޑައިގަތުމަށް ނިންމާފައި ވާއިރު ފުރަތަމަ މަންޒިލަކަށް ކަނޑައަޅާފައި އޮތީ މަޑަވެއްޔެއެވެ. ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތައްޔާރު ކޮށްފައިވާ ތަނުގައި ހުޅު ޖަހާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
އެ ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުން ދާއިރު ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ދަމާފައިވާ ކަޅު މެޓާއި، ބެނާތަކުގެ އިތުރުން ޕޯޑިއަމް އާއި ގިނަ އަދަދެއްގެ ގޮނޑިތަކަށް ވަނީ ބޮޑެތި ގެންލުންތަކެއް ލިބިފައެވެ.
މިކަމާ ގުޅިގެން އެކި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ޑިމޮކްރެޓްސްގެ ހަމަތާކައި ރިވެތި އުސޫލުތަކުން ހުރިހާ ޕާޓީތަށް ކެމްޕެއިން ކުރުމަށްވެސް މާރިޔާ ވަނީ ގޮވާލައްވާފައެވެ.
މަޑަވެއްޔަކީ އެމްޑީޕީ އަށް ވުރެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ ތާއީދު ބޮޑު ރަށެއް ކަން ފާހަގަ ކޮށްލެވެއެވެ.