ގދ. މަޑަވެލީގެ 8 ދޯނިން 8 ފަޅުވެރިއަކު ރެސްކިއު ޑައިވާސް ކޯސް ފުރިހަމަކޮށްފިއެވެ.

ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިޔަކީ "ރެސްކިއު ޑައިވަރު" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ.

މި 8 ފަޅުވެރިން ރެސްކިއު ޑައިވާސްގެ ފެންވަރަށް ތަމްރީނުކޮށްފައި ވަނީ ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ އެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީއިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުންނެވެ.

ފަޅުވެރިއަކު ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކުރި ބައިވެރިން:

  1. ފާރިޝް މުހައްމަދު - ޓީއެސްލައިން
  2. އަޝްރަގު ފަހީމް - އަލިމަސް
  3. ފަރީން މުހައްމަދު - ކަނޑުވާލި
  4. އަހްމަދު އަބްދު ٱللَّٰه - ކަމަނަ
  5. އަހްމަދު އާދަމް - ހަމަތި
  6. މަރްޒޫގު އަބްދު ٱللَّٰه - މުރިނގު
  7. އަބްދުٱللَّٰه ހަސަން - ސީވޯލްޑް
  8. މުހައްމަދު އަބްދުٱللَّٰه - ރަސްއަލި

މި ޕްރޮގްރާމްގައި ކުރިއަށް ގެންގޮސްފައި ވަނީ 2 ހަފްތާގެ މުއްދަތަކަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވެ، ތަމްރީން ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ.

ރައީސް މުއްޒުގެ ހަފްތާ 14އިގެ މަގުޗާޓުގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ލ އަތޮޅު، ގއ. އަތޮޅު އަދި އައްޑޫ ސިޓީގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ތަމްރީން ފެށުމަށްޓަކައި މިނިސްޓްރީން އަންނަނީ ކައުންސިލްތައް މެދުވެރިކޮށް މަސްވެރިންގެ ތެރެއިން ޑައިވް ކުރާ ފަޅުވެރިންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.