ބޮޑު ކުށެއް ކޮށް އެ ކުށް ސާބިތުވެއްޖެ ޓިޗަރުންގެ ލައިސަންސް އަލުން ހެއްދޭނީ ހުކުމް ތަންފީޒް ކޮށް ނިމޭތާ 5 އަހަރުގެ މުއްދަތަކަށް ފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޓީޗަރުންނަށް ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު މިއަދު ގެޒެޓުގައި އާންމުކޮށްފައި ވާއިރު، އެ ގަވާއިދުގައި ބުނާ ގޮތުން ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ކަންކަން ކުރާނީ އެ ކަމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑަކުންނެވެ. ލައިސަންސް އޮތް މީހެއްގެ މައްސަލައެއް ފެންމަތިވެއްގެ ނަމަ އެ ބޯޑުން މައްސަލަ ބެލުމަށް ފަހު، ލައިސަންސް ހިފެހެއްޓުމަށް ނުވަތަ ބާތިލް ކުރުމަށް ނުވަތަ ބްލެކްލިސްޓް ކުރުމުގެ ބާރު ލިބިގެންވާ ކަަމަށް ގަވާއިދުގައި ބުނެއެވެ.
އަދި އެ ބޯޑުން ބަލާ މައްސަލައެއްގެ ކުޑަބޮޑު މިނަށް ބަލައި، ހަ މަސް ދުވަހާއި އެއް އަހަރާ ދޭތެރޭ މުއްދަތަކަށް ލައިސަންސް ބާތިލް ކުރާނެ ކަމަށާއި ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އަލުން ލައިސަންސަށް އެދި ހުށަހެޅޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ފަސް އަހަރުގެ މުއްދަތަކަށް ފަހުގައި ކަމަށް ގަވާއިދުގައި ބުނެއެވެ.
އެ ގަވާއިދުގައި ޓީޗަރުންނާއި ސްކޫލްގެ ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ލައިސަންސް ނަގަން ޖެހޭނެއެވެ. ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިން ޕްރިންސިޕަލުން އަދި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ވެސް ލައިސަންސް ހޯދަން ޖެހޭނެއެވެ. އެގޮތުން އެ ގަވާއިދުގައި ވަނީ ޓީޗަރުންނާއި ސްކޫލްގެ އިސްވެރިންނަށް ދޫކުރާ ލައިސަންސް ރޭކްތަކަކަށް ބަހާލާފައެވެ.
ޓީޗިން ލައިސަންސް ބަހާލާފައިވާ ރޭންކްތައް:
- ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 1
- ގްރެޖުއޭޓް ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 2
- ޕްރޮފިޝަންޓް ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 3
- އެކޮމްޕްލިޝްޑް ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 4
- ޑިސްޓިންގްޝްޑް ޓީޗަރު- ޓީޗިން ލައިސަންސް ރޭންކް 5
މީގެ އިތުރުން ޕްރޮވިޝަނަލް ޓީޗިން ލައިސަންސް އެއް ތައާރަފް ކޮށްފައިވާ އިރު، މިއީ 2029 ވަނަ އަހަރުން ފެށިގެން ކިޔަވައިދިނުމުގެ ދާއިރާއިން ދަސްވެނިވެގެން ކިޔަވައިދިނުމަށް ބޭނުންވާ މީހުންނަށް ދޫކުރާ ވަގުތީ ލައިސަންސެއް ކަަމށް އެ ގަވާއިދުގައި ބުނެއެވެ. މީގެ އިތުރުން ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސްގެ ނަމުގައި ވެސް ލައިސަންސް އެއް ދޫކުރަން ވަނީ ނިންމާފައެވެ. މިއީ ވަގުތީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ދޫކުރާ ލައިސަންސެކެވެ. އަދި ސްކޫލްތަކުގެ އިސްވެރިންނަށް ލައިސަންސް ދޫކުރަން ހަމަޖެހިފައިވާ އިރު އެ ލައިސަންސް ވެސް ވަނީ އެކި ރޭންކްތަކަށް ބަހާލާފައެވެ. އޭގެތެރޭގައި ހިމެނެނީ ޕްރިންސިޕަލާއި، ޑެޕިއުޓީ ޕްރިންސިޕަލާއި ސުޕްރެންޑެންޓް މަާމުތަކެވެ.
ސްކޫލް ލީޑާޝިޕް ލައިސަންސް ރޭންކްތައް:
- ޑެޕިއުޓީ ޕްރިންސިޕަލް - ރޭންކް 1، 2 އަދި 3
- ޕްރިންސިޕަލް - ރޭންކް 1، 2 އަދި 3
- ސުޕްރިންޓެންޑެންޓް - ރޭންކް 1 އަދި 2
ލައިސަންސްތަކުގެ ރޭކްތައް ބަހައި އާޏްމުކޮށްފަިއވާ އިރު އެ ގަވާއިދުގައި ބުނާގޮތުގައި އެ ލައިސަންސްގައި މަސައްކަތް ކުރުމަށް ހުއްދަ ދެނީ އެކި މުއްދަތަށެވެ. އެގޮތުން ޓީޗިން ލައިސަންސް އާއި ސްކޫލް ލީޑަޝިޕް އަދި ޕްރޮފެޝަނަލް ލައިސަންސް ދޫކުރާނީ ހަތަރު އަހަރަށެވެ. ޕްރޮވިޝަނަލް ޓީޗިން ލައިސަންސް އެއް އަހަރަށް ދޫކުރާ އިރު ވަގުތީ ލައިސަންސް ދޫކުރަނީ ދެ އަހަރުގެ މުއްދަތަށް ކަމަށް ގަވާއިދުގައި ބުނެއެވެ.
ޓީޗިންގެ ފުރަތަމަ ލައިސަންސާއި އެ އާ ކުރުމަށް އަދި ރޭންކް ބަދަލުވެގެން ލައިސަންސް ބަދަލުކުރާ އިރު، 400 ރުފިޔާގެ ފީއެއް ނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި ޕްރޮވިޝަނަލް ޓީޗިން ލައިސަންސް ދޫކުރުމާއި އާކުރުމަށް ނަގާނީ 200 ރުފިޔާ ކަމަށް އެ ގަވާއިދުގައި ބުނެއެވެ.
ލައިސަންސުގެ މުއްދަތު ހަމަވާން ތިން މަސްދުވަހަށް ވުމުން ލައިސަންސް އާ ކުރުމަށް އެދި ހުށަހަޅަންވާނެ ކަަމަށާއި އަދި ލަސްވެގެން މުއްދަތު ހަމަވުމުގެ 2 މަސްދުވަހުގެ ކުރިން ހުށަހަޅަންވާނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. ލައިސަންސުގެ މުއްދަތު ހަމަވުމުގެ ދެ މަސް ދުވަހުގެ ކުރިން، ލައިސަންސް އާ ކުރުމަށް ހުށަނާޅާ މުދައްރިސުންނަށް އެ މުދައްރިސެއްގެ ލައިސަންސުގެ މުއްދަތު ހަމަވާ ދުވަހާ ހަމައަށް ލައިސަންސް އާ ކުރުމަށް އެދި ހުށަހެޅޭނެއެވެ. ނަމަވެސް އެގޮތަށް ހުށަހެޅޭނީ 800 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
މިސަރުކާރުގާ ވަޒީފާ އަދާކުރަށް. ވަރަށް އުނދަގޫ ކަމަކަން ވާނެ
މިއޮއްހުރިހާ ދުވަހު ނުކޮށް ތިބެފަ ވޯޓާ ދިމާކޮށް ޓީޗަރުންނަށް ތިތަކުލީފު ތިޖެއްސީ ތީޗަރުން އެތިބީ ރަތަށްއަރާފަ ދެން ވޯޓުލޯދާބަލަ ތީޗަރުންގެ އަމިއްލައަް ތިފައިންއެރީ އަމިއްލަ ޥޯޓަށް އިބޫއަށް ހެއުއެދިގެން އުޅޭބަޔަކު މިދަނޑިވަޅުގަ ތިކަމެއްނުކުރާނެ ތިކަމުންލިބޭނީ ޓީޗަރުންގެ ނަފުރަތު ބަލަ މިހާރު ވަޒީފާގަތިބި ކުށެއްނެތްބަޔަކު ކީއްކުރަން ހޯދާ ޕޮލިސް ރިޕޯޓެއްތޯ ލާރިކޮޅެއްބޭނުންވީހެންހީވަނީ އަނެއްކާ މިދިނީ އެންމެ 5 މަސް މިއޮއްހުރިހާދުވަހުތިބީ ނިދާފަދޯ ލައިސަންސު ބިނުމަކީ މައްސަލައެއްނޫން މައްސަލައަކީ ވަގުތާ ކުރަންޖެހޭ މަސައްކަތް ދުނިޔޭގެ ތަހުޒީބު ގައުމުތަކުގަ ތަޖުރިބާހުރި ކިޔަވައިގެންތިބި ޓީހަރުންނަ ގަދަރުކުރޭ މިތާމިވަނީ ލިތައްއެރީމާ ހިތައްއެރި ގޮތަކަށް ޝަރުތުތައްވެސް ބަދަލުކޮށްލަނީ މިހެދެނީ މޮޅު އެއްޗެއްކަމަށް ކީކޮށް މިކަމުންވެސް އިބުރާހިމް މުހައްމަދު ޞާލިހަށް މިވީ ގެއްލުން މީ އެތައް މުދައްރިސުންގެ ވާހަކަ މަށައްފެންނަނީ ގެޒެޓުކުރި ލިޔުން އަވަހަށް ނަގަން މިހެންމުބުނީ ހެއުއެދޭ މީހެއްގެ ހައިސިއްޔަތުން،،،،
މިހާރުވެސް މާމާ ކިޔާ އުމުރުގެ މީހުން ނަށް ، އަލަށް ވަޒީފާ މިވޭތިވެ ދިއަ 5 އަހަރުގެ ތެރެއިންނާ ކުރިން ވޭތިވެ ދިއަ އަހަރެއް ހާ ދުވަސް ކުރިން ވަޒީފާ ދީފަ ތިބި ބައެއްގެ ލައިސަންސް ތައް ހިފަހައްޓާ. އެއީ އެއްވެސް ފެންވަރެއް ނެތި ވަޒީފާ ދީފަ ތިބި މީހުން . ޕްރައިޓް ތަންތަނުގަ ކިޔަވާދޭ ތަންތަނުން ގުރުއާން ކިޔަވާ ސިޔާސީ މީހުން ގެ ސަބަބުން ވަޒީފާ ލިބި ތިބި މީހުން ބެކަށް ބެލުމެއް ނެތި ރެކޯޑް ސާފު ކުރުމެއް ނެތި ، ވަޒީފާ ލިބިފަ ތިބި މީހުން ހަމައެކަނި ކުށަކަށް ވާނީ ފާފައަކަށް ވާނީ ސަރުއީ ކޯޓް ތަކުން ހުކުމް ކުރުމަކުން ނޫން ޝައްކުވާ ކަން ކަން ބަލާ އެކަމަށް އެއްބަސް ވިއަސް ވާނީ ކުށަކަށް . ފާފައަކަށް . ފާހިޝް އަމަލު ތައް ކުރިމީހަކަށް . އެއްދުވަހު ކުރިއަސް ޓީޗަރ ކަމަށް ކުފޫ ހަމަ ނުވާނެ . 1 ގުރޭޑް އެކަކުން ދަރިން ގެ ތައުލީމީ ހަޔާތެއް ގެ ބިންގާ ކައްޗަށް އެޅިއްޖެ ނަމަ ގުރޭޑް 12 އަށް ވެސް ހުން ނާނީ ކައްޗަށް ކައްޗަށް އެޅޭ ބިންގާ ކެއްޗާ ހަމަ އަށް ނިކުތަސް ހުންނާނީ ކައްޗަށް މިހާރުވެސް ތައުލީމީ ހާލަތުދަށްވެ ދަރިންގެ ތައުލީމީ ފެންވަރު ދަށް ވާއިރު މީގެ ނުރައްކާތެރިކަން މީގެ 12 އަހަރު ފަހުން ފެންނަށް ފަށާނެ . އަސާސީ ތައުލީމީ ހާލަތުން ފެށި ބަަޔަކު ދެން އެހާލަތަށް ވެއްޓެންވީ ތައުލީމީ އިޖްތިމާއީ ފޭރާން ވިދާލައިގެން ބަޔަކު ވަޒީފާ ތަކުގަ ބައިތިއްބާކަށް ނުޖެހޭ . ސިޔާސީ ގޮތުން ފެންވަރެއް ނެތި ލިބޭ ވަޒީފާ ތަކުން ގައުމަށް ވާނީ ގެއްލުން އިލްމީ ތައުލީމީ ، ބުރަމަސައްކަތުން ތައުލީމް ހޯދަން މަސައްކަތް ކުރާމީހުން ވާނީ ބާކީ . އެއްވެސް ސިޔާސީ ވެރިއަކު ޓީޗަރ ކަމަށް ފެންވަރެއް ނެތް މީހުންނަށް އަދަބު އަޚްލާގެއް ނެތް މީހުން ވަޒީފާ ހޯދައިދިނުމަކީ ކޮށް ގެން ވާނެ ކަމެއް ނޫން .