ރާއްޖޭގައި އިންސްޓާ360ގެ އޮތޮރައިޒްޑް ސެލާ އަދި ޑިސްޓްރިބިއުޓާ ރަންފައުން އާއި ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއާ އެކު ޕާޓްނާޝިޕް ހަދައިފިއެވެ.

މޫލީ މެދުވެރިކޮށް ގަންނަ އިންސްޓާ360 ކެމެރާ އާއި އެކްސެސަރީޒް ތަކުން ކަސްޓަމަރުންނަށް 13 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ތައާރަފް ކޮށްފައި ވާއިރު ރާއްޖޭގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް މޫލީ މެދުވެރިކޮށް ގަންނަ ތަކެތި ގެއާ ހަމައަށް ޑެލިވެރީކޮށްދޭނެއެވެ.

އިންސްޓާ360 ޑިވައިސް އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދީ، 360 ޑިގްރީގެ ހިތްގައިމު ކޮންޓެންޓް ފަސޭހަކަމާއެކު ކެޕްޗާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޑިވައިސްއެކެވެ. ޒަމާނީ ސިފަތަކާއި އާދަޔާ ހިލާފު ކޮލިޓީ އެކުލެވޭ މި ޑިވައިސް އަކީ މީހުންގެ ތަޖުރިބާތައް ތަފާތުގޮތަކަށް ޑޮކިއުމެންޓް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސްއެއްވެސް މެއެވެ.

ރަންފައުނާއި އުރީދޫ އިން އެއްބަސްވުން ގާއިމު ކުރީ އިންސްޓާ360 މޫލީން ގަނެވޭނެ ގޮތް ހެދުމަށް

އިންސްޓާ 360 ޑިވައިސްގެ މައިގަނޑު ސިފަތައް:

  • 360ޑިގްރީ ކެޕްޗާ: އިންސްޓަ 360 ޑިވައިސްއަކީ ފޮޓޯ ނަގާ މާހައުލު 360 ޑިގްރީ ކޮށް ކެޕްޗާ ކުރުމުގެ ތަޖުރިބާ ލިބިގެންދާ ޑިވައިސްއެކެވެ.
  • ހައި-ރިޒޮލިއުޝަން އިމޭޖިން: މި ޑިވައިސްގެ އެޑްވާންސް އިމޭޖިން ޓެކްނޮލޮޖީއާ އެކު، މި ޑިވައިސް އިން ވަރަށް ސާފު އަދި ތަފްސީލީ ފޮޓޯތަކާއި ވީޑިއޯތައް ކަށަވަރުކޮށްދެ އެވެ.
  • ކޮމްޕެކްޓް އެންޑް ޕޯޓަބަލް: ގިނައިން ދަތުރު ފަތުރުކުރާ ބޭފުޅުންނަށާއި އެޑްވެންޗަރުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އިންސްޓާ360 ޑިވައިސް އަކީ ކުޑަ، ލުއި އަދި ޖީބަށް ފަސޭހައިން ފިޓްވާ ޑިވައިސްއަކަށް ވުމުން މިއީ ދަތުރު ފަތުރު ކުރާއިރު ވެސް ގެންދން ފުރިހަމަ ކެމެރާއެކެވެ.
  • ޔޫޒާ ފްރެންޑްލީ އިންޓަރފޭސް: ބޭނުންކުރަން ފަސޭހަވާނޭހެން ތަފާތު ގިނަ ފީޗާސްތައް އެކުލެވިގެންވާއިރު، މި ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ނެވިގޭޓްކޮށް، ތަފާތު ފީޗާތަކާއި ސެޓިންގްތަކުގައި ފޮޓޯ އަދި ވީޑިއޯ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
  • ވާސަޓައިލް ޝޫޓިން މޯޑްސް: ޓައިމް ލެޕްސް އިން ފެށިގެން ސްލޯ މޯޝަން އާ ހަމައަށް އިންސްޓާ360 ޑިވައިސްގައި ކޮންމެ ކްރިއޭޓިވް ބޭނުންތަކަކަށް ފެތޭ ގޮތަށް ތަފާތު ޝޫޓިން މޯޑްތައް ފޯރުކޮށްދީ، މި ޑިވައިސް ބޭނުންކުރާ މީހުންނަށް އެ މީހުންގެ އާޓިސްޓިކް ވިސްނުން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.
  • ސީމްލެސް ކަނެކްޓިވިޓީ: ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ސްމާޓްފޯނާއި ނުވަތަ އެހެނިހެން ޑިވައިސްތަކާ މި ޑިވައިސް ގުޅާލެވި، ވަގުތުން ޕްރިވިއުކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ފަސޭހައިން ޝެއާވެސް ކުރެވޭނެ އެވެ.

މިހާރު ކުރިއަށްދާ ހާއްސަ ޕްރޮމޯޝަންއާއެކު އިންސްޓާ360 ޑިވައިސްތަށް މި ހާރު މޫލީއިން ގަންނަށް ލިބެން ހުރީ މާލޭގެ މާކެޓްގައި އެންމެ ހެޔޮ އަގުގައެވެ. އަދި މި ހާއްސަ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ އޮގަސްޓް 16، 2023 ވަނަ ދުވަހުގެ ނިޔަލަށެވެ.