މަޖިލީހަށް ސިފައިން ވެއްދުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެއްޓެވުމަށްޓަކައި ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލިސް ވެސް އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން ގެންދަވާ ކަމަށާއި އަދި ސިފައިން ވަދެ ނުހުއްޓުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވާތީއެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރި ކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސް އާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށާއި މަޖިލީހަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލީހުގެ ރައީސްގެ އިހްތިޔާރު ގައި އޮންނަ ކަމެއް ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުން ތަކާއެކު މިދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީ ވަނީ ބައިބައި ވެފައެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް ހެދުމުގެ މަސައްކަތްތައް ކުރަމުން ގެންދާއިރު ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ، އެކަމަށް ދީފައިވާ 14 ދުވަހުގެ މުއްދަތަށް ފަހު ވެސް އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.
މަޖިލީހަށް ސިފައިވައްދަން ލައްކަދުވަހު އިދެވޭތާ