މާލެ ސަރަހައްދުގެ 4 ތަނެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މާލެ ސަރަހައްދުގެ 4 ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ:

  • މާފަންނު ސްޓޭޑިއަމް
  • ހުޅުމާލޭ ސިންތެޓިކް ޓްރެކް
  • ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް
  • ވިލިމާލެ ބޯޅަދަނޑުގައި ބޮޑު

މާލެ ސަރަހައްދުގައި 25 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ހިމެނެނީ މާލޭގެ 17 މިސްކިތް، ހުޅުމާލޭ ފޭސް 1ގެ 3 މިސްކިތް، ފޭސް 2ގެ 2 މިސްކިތް އަދި ހުޅުލޭގެ 2 މިސްކިތުގެ އިތުރުން ވިލިމާލޭގެ މިސްކިތެކެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ ހަފްތާގެ ބުދަ ދުވަހެވެ.