މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާ ގުޅިގެން އަނިޔާ ލިބުނު މީހުންނާއި ހެކިން ހެކިބަސް ދޭން އިންކާރު ކުރުމުން އެ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.
ޕީޖީ އިން ބުނީ، ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާލި ފަހުން މި މައްސަަލއިގައި ހެކިބަސް ދޭން ބުނި މީހުންނާއި އަނިޔާ ލިބުނު މީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާން ކޮށް ފުލުހުންނަށާއި ޕީޖީއަށް ސިޓީ ފޮނުވާފައި ކަމަށެވެ.
ނަމަވެސް ޕީޖީން މި މައްސަލަަ ކުރިއަށް ގެންދިއުމަށް އަނިޔާލިބުނު މީހުންނާ ބައްދަލުކޮށް ވެސް މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކަންކަން ސާފުކޮށްފައި ކަމަށް ޕީޖީން ބުނެއެވެ. އަދި މި މައްސަލައިގައި ހެކިންގެ ހެކިބަހާ ނުލައި ދައުވާތައް ސާބިތު ކުރެވޭނެ ގޮތެއް ނެތުމުން އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދިއުމަށް މި މަހުގެ 6 ވަނަ ދުވަހު ވަނީ ކަނޑައަޅާފައި ކަމަށް ޕީޖީއިން ބުނެއެވެ.
ބޭސްފަރުވާ އަށް ކަމަށް ބުނެ، މިދިޔަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ދިޔަ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ގެނައުމަށް 2021 ގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވެއެވެ. އެ ކޯޓުން މިގޮތަށް ނިންމީ ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން ނެރުނު އަމުރެއްގައެވެ.
ނަމަވެސް އަލީ ވަހީދު ހާޒިރުނުވުމުން އެ ކޯޓުން އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ތަހުތަށް ވަޑުވާ ރަސްމިއްޔާތަށްގޮސް ތިޔަ ޢަލީވަހިދާ ބައްދަލުކޮށް ހުދު ކާފޫރަށް ކިޔަވާ ތިޔަމީހާ ކުރިކަންކަން ބާތިލުކޮށް ތިޔަމީހާ ހުދު ފޮތިކޮޅަކަށް ހެދީމަ ތިޔާ ކިޔަނީ ކޯންޗެއްތޭ. އެއްވެސް އަންހެނަކަށް އަނިޔާއެއް ނުވެޔޯ. ވެރިޔާ އެދުވަހު އެވެރިންގެ ވާހަކަ އަޑުއަހާފަ ކޮރޮކޮޑައިލް ޓިޔާޒް އޯ އެޅީ. ކަނޑުވިއްކި ސިޓީ ނުދެއްކުނު ބަޔަކަށް އަލީވަހީދުގެ ފުރައްސާރަ ލިބުނު މީހުން މައްސަލަ ނުބަލަން ފޮނުވި ސިޓީއެއްވެސް ނުދެއްކޭނެނު. ފޭކިސްތާނުގެ ވެރިޔާ