އެމްއެންޕީގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ ވައުދާއެކު އެ ޕާޓީގެ "އުޖާލާ ޒަމާން" މެނިފެސްޓޯ ލޯންޗުކޮށްފިއެވެ.
އެމްއެންޕީގެ އުޖާލާ ޒަމާން މެނިފެސްޓޯ ނުވަ ދާއިރާއަކަށެވެ. އެއީ:
- އަދުލު އިންސާފް
- ނަޒާހާތްތެރިކަން
- ފަންނީ ޖީލެއް
- އަހަރެންގެ ދިވެހިރާއްޖެ
- އުފާވެރި ޒުވާނާ
- އިސްލާމީ ވަހުދަތް
- ބާއްޖަވެރި އާއިލާ
- ސަލާމާތްތެރިކަން ކަށަވަރު
- ބަދަހި އިގްތިސާދު
ރޭ މީރުމާގައި "އުޖާލާ ޒަމާން" މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ހަފުލާގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަނީ އެ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެފައެވެ. މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ރިޔާސީ ރޭހަށް ނުކުމެ ރައްޔިތުންނާ ހަމައަށް މެނިފެސްޓޯއެއް ގެންނަންޖެހުނީ ދިވެހިންނަށް ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ ޔަގީންކަން ހޯދައިދިނުމަށް ކަމަށެވެ.
މި ގޮތުން އެމްއެންޕީގެ މެނިފެސްޓޯ އެކުލަވާލުމަށް އެ ޕާޓީން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ރައްޔިތުން ނާށިގަނޑު ހިފައިގެން އެއްތަނުން އަނެއްތަނަށް ސަލާންޖަހަން ދާ ދިއުން ނިމުމަކަށް ގެނަންޖެހޭ ކަމަށެވެ.
އެމްއެންޕީގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުވެސް ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންތައްތަކެއް ކުރާނެކަން ހާމަކުރަމުން އެ ޕަޓީން ވަނީ ފުރަތަމަ ދުވަސް ކުރާނެ ކަންތައްތައް އިއުލާންކޮށްފައެވެ. މި ގޮތުން:
- ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުން
- ގޯތީގެ ރަޖިސްޓްރީ ހުށަހެޅުމުން ހައުސިންލޯނު ހަމަޖެހުން
- ހިޔާ ފްލެޓްތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަކުރުން
- ހެލްތް އިންޝުއަރަންސްގައި ހުރި ދަރަޖަތައް ނައްތާލުން
- ގޭބިސީތަކުން ހިލޭ ކުނި އުކާލަދިނުން
- މައްސަރު ދުވަސްވަރު އަންހެނުންނަށް ހިލޭ ޕެޑް ދިނުން
- އެކަނިވެރި ބެލެނިވެރިންނަށްދޭ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކުރުން
- އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ރަމަޟާން އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދިނުން
- ކަރަންޓް މީޓަރުތަކުން ކޮންމެ މަހެއްގެ ފުރަތަމަ 100 ޔުނިޓް ހިލޭ ކުރުމާއި ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރުން
އެމްއެންޕީއިން ބުނީ "އުޖާލާ ޒަމާން" މެނިފެންސްޓޯގައި ކުރުމަށް ވެފައިވާ ވައުދުތަކަކީ ފުއްދައި ނުދެވޭނޭ ވައުދުތަކެއް ނޫންކަމަށެވެ.
އުޖާލާ މެނިފެސްޓޯ އަކީ ދިވެހިންނާއި ދިވެހި ރައްޔިތުންނަށް ކުރިއެރުވުމާއި ފުދުންތެރިކަށް ގެނެވޭނެ ހަމައެކަނި މެނިފެސްޓޯ. އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެނިފެސްޓޯއެއްގައި މިފަދަ ސިޔާސަތުތަކެއް ނެއި.
އުޖާލާ މެނިފެސްޓޯގައި ދިވެހި ރައްޔިތުންނަށް ޙާއްސަކޮށް އަސާސީ ޙިދުމަތްތައް ޔާގީން ކުރުމަށް ގިނަގުނަ ސަޔާސަތުތައް އެބަ ހުރި. މިއީ ނިސަރުކާރަށް ނުކުރެވުނު ކަންތައް.
ނާޒިމް ފަދަ ގައުމީ އަދި ވަތަނީ ލޯޑަރެއް ދިވެހިރާއްޖޭގެ ވެރިއަކަށް ހުންނަށް އެބަޖެހޭ. މި ގައުމުގެ ޙާރިޖީ ސިޔާސަތު ވަރުގަދަކޮށް ގައުމުގެ އަސްތިގުލާލު ދެމެހެއްޓޭނީ ނާޒިމް ފަދަ ވެރިއަކަށް.
އަޅުގަނޑުމެންގެ ކާބަފައިން ގައުމު ހިމާޔަތް ކުރުމަށް ވީ ގިނަގުނަ ގުރުބާނީތައް އިސްރާފު މިސަރުކާރުގެ ނިންމުމުން އެ ވިގެން ދިޔައީ. ނާޒިމް އެގެއްލުނު ސަރަހައްދު ހޯދައި ދޭނެ.
އެމްއެންޕީގެ މެނިފެސްޓޯއިން ކުރާ 30 ދެވަހުގެ ވައުދުތަކަކީ ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުންނަށް އެންމެ އިސްކަންދޭ ސިޔާސީ މެނިފެސްޓޯ.