20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފެށޭނެއެވެ. މާލެ އާއި އަތޮޅުތެރޭގެ ރައްތަކާއި އަދި ރާއްޖެއިން ބޭރު ހިމެނޭ ގޮތުން ޖުމްލަ 602 ފޮށި ބަހައްޓާފައި ވެއެވެ.

ޖުމްލަ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

  • މާލެ ސިޓީގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު: 181
  • ވޯޓުލުމުގެ ހައްގު ލިބިފައި ވާ މީހުންގެ އަދަދު: 284،663
  • އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު: 130
  • 7 ސިޔާސީ ޕާޓީތައަކުން: 238
  • ޕީއެންސީން ވާދަކުރާ ދާއިރާގެ އަދަދު: 90
  • އެމްޑީޕީން ވާދަކުރާ ދާއިރާގެ އަދަދު: 89
  • ޖޭޕީން ވާދަކުރާ ދާއިރާގެ އަދަދު: 10
  • ދަ ޑިމޮކްރެޓްސް އިން ވާދަކުރާ ދާއިރާގެ އަދަދު: 39
  • އަދާލަތު ޕާޓީން ވާދަކުރާ އަދަދު: 4
  • އެމްޑީއޭއިން ވާދަކުރާ އަދަދު: 4
  • އެމްއެންޕީން ވާދަކުރާ އަދަދު: 2
  • އިންތިހާބުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ އަދަދު: 42

ވޯޓުލާ ގަޑިތައް؛

  • މާލެ: ހެނދުނު 8 އިން ހަވީރު 5:30 އަށް
  • އިންޑިއާ އާއި ލަންކާގައި: ހެނދުނު 8:30 އިން ހަވީރު 6 އަށް
  • މެލޭޝިއާ: ހެނދުނު 11 އިން ރޭގަނޑު 8:30 އަށް
އިތުރަށް ވިދާޅުވޭ...