ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކީ ސާބިތުކަމާ އެކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އޮންނާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުޖާލާ ޒަމާނަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ގައުމުގެ ވެެރިކަމަށް އިންތިހާބު ކުރެއްވި ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއެކުު އެމްއެންޕީގެ އެންމެހާ މެންބަރުން ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ނާޒިމް ވަނީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ހެވާލާބައަށްޓަކައި ރައީސް ޑރ. މުއިއްޒު ކުރިއަށްގެންދަވާ ތަރައްގީގެ މަސައްކަތުގައި ރައްޔިތުން އެއްބާރުލުންދިނުމުގައި ދެމިތިބުމަށް އެދިފައެވެ.

އަޅުގަނޑުގެ ދުއާއަކީ މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމެވެ. އާމިން!
ނާޒިމް

ނާޒިމް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ރިޔާސީ އިންތިހާބުގައި އެންއެމްޕީން ވާދަކުރެއްވީ އެ ޕާޓީގެ ލީޑަރު ކާނަމް މުހައްމަދު ނާޒިމްއެވެ. މި އިންތިހާބުގައި ނާޒިމްއަށް ލިބިވަޑައިގެންފައި ވަނީ 1900 ވޯޓެވެ. އެއަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން ވަނީ ޕީޕީއެމް ޕީއެންސީއާ އެކު ކޯލިޝަން ހަދާފައެވެ.

ކުރިއަށް އޮތް ފަސް އަހަރު ސާބިތުކަމާ އެކު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ތިބޭނެ ކަމަށް ނާޒިމް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.