ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހިފެހެއްޓުމެއް ނެތް ޝުކުރު އޭޖީ އިބްރާހިމް ރިފްއަތަށް ބަންޑުން ކޮށްލައިފިއެވެ.

އޭޖީ އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލާގެ ބަހުސްގައި ޖާބިރު ވަނީ ރިއްފަތަށް ވަރަށް ތައުރީފު ކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ މަޖިލީހުގެ ތެރޭގައި ދައްކަވަނީ ހާދަ ޖޯކު ވާހަކައެކޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ބަންޑާރަނައިބަށް ފުރިހަމަ އިތުބާރު އޭނާއާއި ދާއިރާގެ ރައްޔިތުންވެސް ކުރައްވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ޓެރެޓޯރިއަލް މައްސަލާގައި ތަމްސީލު ކުރައްވާނީ ބަންޑާރަ ނައިބު ކަމަށް ގާނޫނޫ އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ޖާބިރު ގަބޫލު ކުރައްވާނީ ރިފްއަތު ދައްކަވާ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ރައީސް މި ރާއްޖެއިން އިންޗިއެއްވެސް ނުވިއްކާނެ ކަމަށް 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި ފުރިހަމަ ތާއީދު ދިވެހި ރާއްޖޭގެ ބަންޑާރަ ނައިބަށް އެބައޮތް ކަމަށްވެސް ތަކުރާރުކޮށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ މި ވަރުގެ ބަންޑާރަ ނައިބެއް ލިބުނީ އަދި ކިރިޔާ ކަމަށާއި ރާއްޖެއަށް މި މައްސަލަ ހައްލުކޮށްދެއްވީ ރިފްއަތު ކަމަށެވެ. އަދި ރިފްއަތަށް ސެލިއުޓް ކުރައްވާ ކަމަށާއި ދައުލަތަށްޓަކައި ވެދެއްވި ގުރުބާނީއެއް ކަމަށް ވިދާޅުވެފައެވެ.

"މި ވަރުގެ ބަންޑާރަ ނައިބެއް ލިބުނީ އަދި ކިރިޔާ މި ރާއްޖެއަށް މި މައްސަލަ ޝޯޓްއައުޓްކޮށްދެއްވީ ބަންޑާރަ ނައިބު. އަޅުގަނޑު ބަންޑާރަ ނައިބަށް ސެލިއުޓް ކުރަން އަޅުގަނޑު. ސާބަހޭ ބަންޑާރަނައިބު ދައުލަތަށް ޓަކައި ތި ކޮށްދެއްވި ގުރުބާނީ. ކޮބައިތޯ މުނައްވަރުމެން އެކަންތަން ނުކުރެއްވީ ކީއްވެގެންތޯ"
ރިފްއަތު

ޖާބިރު އިތުރަށް ވިދާޅުވީ މިއަދު އެކަންތައްކޮށްދެއްވި ބަންޑާރަ ނައިބަށް މަޖިލީސް މެންބަރުން ޝުކުރު އަދާކުރައްވާ ކަމަށެވެ.