ގދ. ތިނަދޫގައި ބިދޭސިއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މިއަދު މެންދުރުފަހު 1:30 ހާއިރު އެ ރަށުގައި ހުރި ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މަރުވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެކެވެ.

މި ވަގުތު އެ ގޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، މި މަރާ ގުޅިގެން އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މި މަރާ ގުޅިގެން އެ ރަށުގެ ކައުންސިލާއި އެ ރަށުގެ ހޮސްޕިޓަލުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ.