ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫން ބޭފުޅަކު ވެރިކަމުގައި ހުންނެވުމަށް ނުވަތަ އެހެން ބޭފުޅަކަށް ވެރިކަން ލިބެން ނަޝީދު އެދިވަޑައި ނުގަންނަވާ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އާއި ނަޝީދުގެ ފިކުރެއްގެ ދިރުމާ ދެމެދު ކޯލިޝަން ހަދަން ގިނަ މަޝްވަރާތަކެއް މާލެއާއި ސަންއައިލޭންޑްގައި ކުރިއަށް ގެންގޮސްފައި ވާ އިރު، މިހާތަނަށް އެ މަޝްވަރާތަކުގެ "އަސްލު ވާހަކަ" ތައް އޮތީ ސިއްރު ކޮށްފައެވެ. މިހާތަނަށް ދެފަރާތުގެ މަންދޫބުން ބުނަމުން އައީ، މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި ދެފަރާތުން ގުޅިގެން ކުރިއަށް ދާން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށެވެ. ނަމަވެސް އެހުރިހާ ވާހަކަތަކަކީ އެ ވަގުތަށް ދެއްކި ހުސް ވާހަކަ ތަކެއްކަން މިއަދު ގާސިމް ދެއްކެވި ވާހަކައިން ސާފުވެއެވެ.
މިރޭ ކާނިވަލުގައި ބާއްވާ ކަނޑުވިއްކާލި ޖަލްސާއާ ދެކޮޅު ހައްދަވާ ވިލާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ގާސިމް ވިދާޅުވީ، ސަން އައިލެންޑް ރިސޯޓަށް 2 ފަހަރަކު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަ ދަށުގައި ނަޝީދު ބައްދަލު ކުރައްވާ ގިނަ ވާހަކަތައް ދެއްކެވި ކަމަށާއި، ނަޝީދުގެ ފަރާތުން ހުށަހެޅި ކަރުދާސް ބައްލަވާލެއްވުމުން އެނގިވަޑައިގަތީ އެމަނިކުފާނު ހުންނަވަން ވީ ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި މަގު ކޮށާދޭ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ނަޝީދު ވެރިކަމަށް ގެންނަން ހިތަށް ވެސް އަރާވަޑައިނުގަންނަވާ ކަަމަށާއި އޭނާ އަކީ މިހާރު އެހެން ގުނބޯހެއްދޭނެ ބޭފުޅެއް ނޫން ކަމަށެވެ.
އިތުރަށް ވިދާޅުވީ، ނަޝީދު ޕްރައިމަރީން ފޭލްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައާއި އަދި ހުދު އޭނާ އަރިހުގައިވެސް އަދި އެހެން މެމްބަރުން ގާތުގައި ވެސް ވާހަކަ ދައްކަވާ "ގާސިމޭ މި ފަހަރު ވެރިކަމަށް ގެންނަންވީ، މިއީ ގާސިމްގެ ފަހަރޭ" ވަރަށް ގިނައިން ވިދާޅުވާ ކަމަށެވެ. އަދި ޕީޕީއެމްގެ ބޭފުޅުންގެ އަރިހުގައި ވެސް ނަޝީދު އެހެން ދަންނަވާކަމަށް ގާސިމް ވިދާޅުވެއެވެ.
"....އެހެން ކިޔާފައި [ނަޝީދު] މި ވާހަކަތައް ދައްކާއިރު ވެސް އަޅުގަނޑު އިންނަން މަޑުމަޑުން ހީލަހީލާ،" ގާސިމް ވިދާޅުވިއެވެ.
ނަޝިދާއި ގާސިމާ ދެމެދު ކުރެއްވި މަޝްވަރާތައް ކުރިއަށް ނުދިޔަ ސަބަބުވެސް އޭނާ ވަނީ ހާމަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ނަޝީދާ ކޯލިޝަން ހައްދަވައިފިނަމަ އޭނާ ވެވަޑައިގަންނަވާނީ "އެމްޑީޕީ ހަލާކު ކޮށްލި މީހާއަށް" ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އެމްޑީޕީ ވުޖޫދު ވީ އޭނާގެ ބުރަ މަސައްކަތުން ކަމަށާއި އެއީ ނަޝީދުގެ ސަބަބުން ވީ ކަމެއް ނޫން ކަމަށެވެ. އެކަމަށް ބާރު ދެއްވާ ގާސިމް ވިދާޅުވީ، ޑީއާރުޕީގެ ނައިބު ލީޑަރަކަށް އޭނާ ހުންނެވި ދުވަސް ވަރު އެމްޑީޕީގެ އޮފީހުގެ ހަރަދާއި، މުވައްޒަފުންގެ މުސާރަވެސް ދެއްވީ އޭނާ ކަމަށެވެ.
ގާސިމްގެ މިއަދުގެވެސް އިލްތިމާސް އަކީ، ޗާގޯސް އާއި ގުޅިގެން އައި ކަނޑުގެ މައްސަލައިިގައި އިދިކޮޅު ކޯޅިޝަނުން މިރޭ ބާއްވާ ބައްދަލުވުމުގައި ބައިވެރި ނުވުމަށެވެ. އެއީ ފިތުނަ އުފެއްދުން ނޫން ނަތީޖާއެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ.
ބިރުން ތުރުތުރު އަޅާއަޅާ ގާސިމް ހުރޭބަލަ،! ގައުމު ފަނާވެގެން ދާއިރުވެސް ގާސިމް ސަރުކާރުގެ ކޯލިސަނުގާ ތި ހުންނަނީ އެއްވެސް ބަހެއް ނުބުނެ ހަމަގައުމު ހަލާކުގެ ތެރެއަށް ވެއްޓިދާނެތީތަ ނޫނީ ދީނީކަންކަމަށް މި ސުންޕާސަރުކާރުން ހުރުމަތްތެރިކޮން ހިތާލެއް ހަމަ ބޮޑުކަމުންތަ؟ ދީނޭ ގައުމޭ ކިއާއިރު ދީނާގައުމިއްޔަތު މި ސައިތާނީސަރުކާރުން ފަނާކޮށް ނިމިއްޖެ، ގައުމު ވީރާނާކޮށްފި ގައުމު އަޅުވެތި ކޮށްފި ގައުމު ބަނގުރޫޓު ކޮށްފި ފަރަންޖީގައުމުތސކުގާ ގައުމު ބަރަހަނާކޮށްފި ގައުމު ބޮލާފޮށާ އަޅުވައިފި، ގައުމުގެ އިއްޒަތާ އަބުރު ލޫޓުވާލައިފި، ކުރުކޮން ބުނާނަމަ މިއޮއް އިއްޒަތާ އަބުރުވެރު ކަމާ އަމިއްލަ މިނިވަންކަމާ ޝަރަފާ ކަރާމާތާއެކު އުޅެމުން ދާ މި ލޮބުވެތި ގައުމު މި ނުލަފާ ޝައިތާނީ ވެރިކަމުގާ ރޭޕުގެ ޝިކާރައަކަށް ގައުމު ހަދާލި ވެރިއެއް ވެރިކަމެއް މިވީހާތަނަށް މިގައުމުން ފެނިފައެއްނެތް، އެވަރުގެ ވެރިކަމެއްގެ ކޯލިސަނުގާ ހުރެގެން ގައުމަށްޓަކާ އެއްމެ ބަހެއް ލަފުޒެއްވެސް ބުނެލަން ނުކެރުނު މީހަކު ކޮން ފިތުނައެއްގެ ވާހަކައެއްބާ މި ދައްކަވަނީ! ގައުމެއް ފަނާކޮށްލުމަށްވުރެ ބޮޑު ފިތުނައެއް އޮންނާނެތަ؟ ވަފާތެރީންނަކީ އިޚުލާސްތެރީންނަކީ ކަންކަންރަނގަޅު ކުރުމަށް ނަސޭހަތްތެރިވެ އެހީތެރިވާ މީހުން ތި ގޮތަށް ބަހެއްނުބުނެ އެޅިހާބަތަކަށް ރިހަ ހެދިގެން ތިބޭ މީހުނެއްނޫން، އާދެ މަސާހިބު އާދެ މސާހިބު ކިއާލާ ކިއާލާ ތިބުމެއް ވެސް ނޫން ރނަޝީދަށްވުރެވެސް މާދަށުގާ ތި ހުރެވުނީ ރނަޝީދުވާ ވެރިކަން ބޭނުމުގާ ނަމަވެސް ސަރުކާރުގެ ކުށްތައް ހާމަ ކޮށް އިސްލާހު ކުރާނެ ނަމަ އެ ފުރުސަތު ސަރުކާރަށް ހާމަ ކޮށް ރައިއްޔަތުންގެ ހައްގުގާ އެބަ ބަސް ބުނޭތާ.!
މިހާރުގެސަރުކާރު އިސްލާމްދީނަށް މާވަފާތެރީތަ އަދިގައުމަށް
ހަމައެކަނި ފިތުނައުފެދެނީ ގައުމުގެ ހައްގުގާ ޗާގޯސްގެ ލިބިމަށް މަސައްކަތް ކުރުންތޯގާސިމޫ؟ ، މިހާރު ތިއުފައްދަނީ ފިތުނައެއްނޫންތޯ ރނަޝީދާއެކު އެތައްދުވަހެއްވަންދެން މަޝަވަރާކޮށް ގާސިމުގެ ކޮޅަށް ނަޝީދު ނުލެނބުނީމާ މިހާރު ނަޝީދޭކިއައިގެން ތިފަތުރަނީ ފިތުނައެއް ނޫންބާ! އަދިއެހެން ނޫނަސް އިސްލާމްދީނނަށް ހުރުމަތްތެރިކޮން މ8ސަރުކާރު ހިތީ ކޮން އިރަކުތޯ؟ އުތެމައަކާ އަނެއް އެއްޗަކާ ދެންވެސް އިސްލާންދީނަށް ފުރައްސާރަކުރި އެތައްބަޔަކު މި ޚާއިނުންގެ ސަރުކާރުގެ މަތިފަޑިގާ އެ ތިބީ ކާކުގެ ވެރިކަމެއްގާތޯ؟ ވާހަކައެއްދައްކާއިރު ދެން ތިބި މީހުނަށްވެސް ވިސްނާލުން ވަރަށް ރަނގަޅުވާނެ، ދެން ތިބުނާ ފިތުއެއް މިރޭގެ ޖަލްސާއިން އުފެއްދީ ކާކުތޯ؟ ތިކިއާ ހުރިހާފިތުނައެއްވެސް ތި އުފެއްދުނީ ހަމަގާސިމަށް ކަން އެގިއްޖެތޯ، އެހެން ސަރުކާރެއްގެ ބަތާކައިގެން ގައުމު ފަނާވިއަސް ހެއޮކަމަށް ގަބޫލުކޮށްގެން ހުންނަން ބޭނުން ވަންޏާ ފިތުނައޭ ހަލާކޭ ކަރާމޭ ނުގޮވާ އެކަމެއްގާ ބައިވެރިނުވެ މަޑުން ހުރިއްޔާ މިބާވަތުގެ ވާހަކަތައް ދައްކާކަށް ނުޖެހޭނެ.