އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށް ސުޕަނެޓް ގޭމާ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ ސުޕަނެޓް ގޭމާ ޕެކޭޖުތަކަކީ ގޭމް ކުޅުމަށް ޝައުގުވެރިވާ ހުރިހާ ގޭމަރުންނަށްވެސް ކަމުދާނެ ފުރިހަމަ ޑޭޓާ ޕެކެއް ކަމަށާއި ސުޕަނެޓް ގޭމާ ޕެކުން ޑޭޓާ ނެގުމަށް ދެ އޮޕްޝަނެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އެއް ދުވަހުގެ މުއްދަތަކަށް 50 ރުފިޔާއަށް ލިބޭ 50 ޖީބީ ޑޭޓާ ހިމެނޭ ޕެކޭޖެއްގެ އިތުރުން 100 ރުފިޔާއަށް ތިން ދުވަހުގެ މުއްދަތަކަށް ލިބޭ 100 ޖީބީ ޑޭޓާ ހިމެނޭ ޕެކޭޖެއް އެ އޮޕްޝަންގެ ތެރޭގައި ހިމެނެއެވެ.

އުރީދޫން ބުނީ ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަ މި އޮފާއަކީ ލައިވް ސްޓްރީމް ކޮށް އަދި ގޭމް އަޕްޑޭޓްކޮށް ސޮފްޓްވެއާ އަޕްޑޭޓް ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު އޮފާއެއް ކަމަށެވެ.

އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހާއްސަ ބޭނުންތައް ދެނެގަންނަން ކަމަށާއި މި ޕެކޭޖުތަކަކީ ގޭމަރުންގެ ޑިމާންޑާ އެއްގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް ކަމަށާއި ގޭމް ކުޅޭ މީހުންނަކީ އުރީދޫގެ ކަސްޓަމަރުންގެ ބޭސްގެ ވަރަށް ބޮޑު ބައެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ގޭމަރުންނަށް ސީމްލޭސް ކަނެކްޓިވިޓީ އާއި އެކަށީގެންވާ މިންވަރަށް ޑޭޓާ ލިއްބައިދިނުމަކީ ކިހާ މުހިންމު ކަމެއް ކަން ވަޒަން ކުރެވޭ ކަމަށެވެ.