ސިންމާލެ ބްރިގް ހައިވޭގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 43 އަހަރުގެ ދިވެއްސަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ޓްރީޓޮޕަށް ގެންދިޔަ އިރުވެސް މަރުވެފައި ވާ ކަމަށެވެ.

ރޭ 12:04 ހާއިރު ހިނގި އެ ހާދިސާގައި މަރުވީ ކާކު ކަމެއް ފުލުހުން ނުބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ބްރިޖް މަތީގައި މީގެ ކުރިންވެސް އޯވާ ޓޭކް ކުރުމާއި، އެ ވެހިކަލެއް ދުއްވަން އޮންނަ ލޭން ނޫން ލޭނުތަކަށް އެރުން ފަދަ ހާދިސާ ތަކުގައި އެކްސިޑެންޓުތައް ހިނގާ މީހުންގެ ފުރާނަ ގޮސްފައި އެބަ ހިއްޓެވެ.