ސައުދީ އަރަބިއްޔާގެ މައްކާގައި ހޯމް ސްޕާ ސާވިސްގެ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރަން ފަށާފައި ވާކަމަށް އެ ގައުމުގެ މުނިސިޕަލްޓީން ބުނެފިއެވެ.
މި ހުއްދަ ދޫކުރަން ފަށާފައި ވަނީ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް އެންޑް ހައުސިން އިން ކަނޑައަޅާފައިވާ ޝަރުތު ތަކަކާއެކު ގައެވެ.
މައްކާގައި ހޯމް ސްޕާގެ ސާވިސްއަށް ހުއްދަ ދޫކުރުމަ ގުޅުމާ ގޮތުން މުނިސިޕަލްޓީގެ ތަރުޖަމާނު އުސާމާ ޒައިޓޯނީ ވިދާޅުވީ މިއީ އެ ދާއިރާއިން ޕްރޮފެޝަންލް ކޮށް ކުރިއަށް ދާން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ހުއްދަ އާ އެކު ގޭގައި ތިބެގެން ފައިސާ ލިބޭނެ އިތުރު ފުރުސަތު ތަކެއް ލިބިގެން ދާނެ ކަމަށެވެ.
މި ހިދުމަތް ގޭގައި ދިނުމަށް މުނިސިޕަލްޓީން ހާއްސަ ހުއްދައެއް ދޫކުރަމުން އަންނައިރު މި ހުއްދަ ދޫކުރަނީ ގިނަ ޝަރުތުތަކާއި ގަވައިދު ތަކާއެކު ކަމަށް އުސާމާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އުސާމާ ވިދާޅުވީ ސްޕާ ހިދުމަތާއި، އަންހެނުންނާ، ފިރިހެނުންނަށް ހާއްސަ ޕާސަނަލް ކެއާ ސާވިސް އަދި ހޯމް ސްޕާ ސާވިސް ހިދުމަތް ދިނުމުގެ ހުއްދައިގެ ދަށުން އަންހެނުންގެ ސެލޫންތަކާއި ފަހާ ތަންތަނުގެ އިތުރުން ފިރިހެނުންގެ ބޯކޮށުމުގެ ހިދުމަތް ދެވޭނެ ކަމަށެވެ.