ރަޝިއާގެ ބެލްގޮރޮޑް ސަރަހައްދުން ބޯޑަރު ހުރަސްކޮށް ޔޫކްރައިންގެ ފައުޖެއް ރަޝިއާ އަށް ވަދެއްޖެއެވެ. މި ފައުޖު ވަނުވާއެކު ކުރިމަތިލުމެއް ހިނގާއި 2 މީހަކު ޒަހަމްވެފައި ވާ އިރު ޔޫކްރައިން އިން ވަނީ އެއީ އެމީހުން ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެކަން ކުރުމާ އެންމެ ގާތީ ގެރިއްލާ ގްރޫޕުތައް ކަމަށާއި، ޓޭންކްތަކާ އެއްޗެހި އަސްކަރީ ސާމާނު ވިއްކާ ރަޝިއާގެ ކޮންމެ ތަނަކުން ލިބެން ހުންނަ ކަމަށެވެ.

ރަޝިއާއިން ތުހުމަތު ކުރާ ގޮތުގައި، މި ފައުޖު ބޮލްގްރޮޑް އަށް ވަނީ، އެ ސަރަހައްދުގައި ރަޝިއާއިން ކުރާ ކަންތައްތައް ބަލައި ފާރަލުމަށެވެ.

ޔޫކްރައިންގެ ފައުޖުތައް ބޮލްގްރޮޑަށް މިއަދު ވަން އިރު ޔޫކްރައިނުން ދިން ހަމަލާތަކުގައި އެ ސިޓީން 3 މީހަކު ޒަހަމްވެފައި ވާ ކަމަށް ވެސް ބުނެއެވެ.

ކްލެމްލިންގެ ތަރުޖަމާނާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައި ވަނީ، އެ ހާދިސާގެ މައުލޫމާތު ރައީސް ވްލަޑިމިއާ ޕުޓިން އަށް ލިބިވަޑައިގެންފައި ވާ ކަމަށާއި، އެ ފައުޖު ފައްސާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ޔޫކްރައިންގެ އެ އަމަލަކީ ބަކުމުތް އިން ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަމާކުކަން ގެއްލުވާލުމަށް ޔޫކްރައިން އިން ކުރާ ކަމެއް ކަމަށެވެ.

ހަނގުރާމަ ފެށިތާ 15 މަސްވެފައި ވާ އިރު، އެންމެ ގިނަ ދުވަހުން ރަޝިއާ އަށް ހިފުނު އެއް ޝަހަރު، ބަކަމުތް ގެ ކާމިޔާބީ އަދި ރަސްމީކޮށް ފާހަގަ ނުކޮށް އުޅެނިކޮށް މި ދިމާވި ހާދިސާއާ ގުޅިގެން ރަޝިއާއިން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

މިއަދުވެސް ޔޫކްރައިންގެ ދެ ޝަހަރަކަށް ރަޝިއާއިން ހަމަލާ ދީފައި ވާ އިރު އެތަނުން ކުޕިއާންސް އަށް ދިން ހަމަލާތަކުގައި 2 މީހަކު ޒަހަމްވެފައި ވެއެވެ. އަދި ޑިނިޕްރޯ އަށް ދިން މިސައިލް ހަމަލާގައި 8 މީހަކު ޒަހަމްވެފައި ވެއެވެ.

އަދި ޒެޕްރޯޒިއާ ނިއުކްލިއާ ޕްލާންޓް ސަރަހައްދުގައި ހިނގާ ކުރިމަތިލުންތަކުގެ ތެރޭގައި އެ ޕްލޭންޓުން ކަރަންޓެ ކެނޑި ގިނައިރުތަކެއް ވެ ދިޔަ ފަހުން މިހާރު އަލުން ކަރަންޓް ލިބެން ފަށާފައި ވާ ކަމަށް ވެސް ހަބަރުތައ ބުނެއެވެ.

ޔޫކްރައިން އާއި ރަޝިއާ ސުލްހަ ކުރުމަށް ޗައިނާ އާއި ޑެންމާކުން ހުށަހެޅުންތަކެއް ހުށަހަޅާފައި ވާ އިރު، ޑެންމާކުން ހުށަހަޅާ ސުލްހައިގެ ސަމިޓް އަންނަ ޖުލައިގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ހުށަހެޅުން މަޑުޖެހިފައި ވާ މިދަނޑިވަޅުގައި ޔޫކްރައިން އިން ވެސް ވަނީ ޕީސް ޕްލޭނެއް ހުށަހަޅާފައެވެ. އެ ޕްލޭންގައި ދައްކަނީ، ނޭޓޯގެ ސުލްހަ ބަލަހައްޓާ ފައުޖެއް ޔޫކްރައިންގައި ތިބުމަށެވެ.

މި ހުރިހާ ކަމެއް މިމަގުން ހިނގާ އިރު، ރަޝިއާ އަށް ފިއްތުންތައް ކުރިމަތި ކުރުމަށް އެމެރިކާ އާއި ހުޅަނގުން ކުރާ މަސައްކަތް ވެސް ދަނީ ފުޅާ ކުރަމުންނެވެ. އަދި އެކި މައިދާންތަކުގައި ރަޝިއާ ކުށްވެރި ކުރުމަށް ކުރާ މަސައްކަތްތައްވެސް ހުއްޓައެއް ނުލައެވެ. އެގޮތުން އެންމެ ފަހުން ނޭޓޯ އިން ނިންމި އެއް ނިންމުމަކީ، ރަޝިއާއިން ޔޫކްރައިންގައި ހިންގަނީ ހަނގުރާމައިގެ ޖަރިމާއެއް ކަމަށް ނިންމުމެވެ. އެގޮތަށް ނޭޓޯގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.