މާލެ ސިޓީ ކައުންސިލުން މިދިޔަ ރަމަޟާން މަހު ކުޑަކުދިންނަށް ހާއްސަކޮށް ބޭއްވި ޤުރްއާން މުބާރާތުން އެއްވަނަ މަލްކާ މުހައްމަދު ހަބީބާއި އަކްމަލް އަޖުބަދު އަލީ، އަދި މަދަހަ މުބާރާތުން އެއްވަނަ ނަބާހަތު ނަޖާހު ހޯދައިފިއެވެ.

ހަ އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދެ މުބާރާތުގައި ޖުމްލަ 1،060 ކުދިން ބައިވެރިވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެއީ:

  • ޤުރްއާން މުބާތާތުގައި 756 ބައިވެރިން
  • މަދަހަ މުބާރާތުގައި 304 ބައިވެރިން

އާންމުކޮށް ހަ އަހަރުން ފެށިގެން 19 އަހަރުގެ ކުދިންނަށް ހުޅުވާލައިގެން ގެންދިޔަ މި ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ ބާއްވާފައި ވަނީ ރޭ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ބޮޑެތި ފައިސާގެ އިނާމުތަކާއި އެހެނިހެން އަގުހުރި އިނާމުތައް ވަނަވަނަ އަށް ދިޔަ ކުދިންނަށް މި ހަފްލާގައި ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވާ ތަށި
  • ކައުންސިލުން ދޭ ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ
  • ކައުންސިލުން ދޭ ހަދިޔާ އާއި ފައިސާގެ އިނާމު (ތިން ހާސް ރުފިޔާ އިން 25 ހާސް ރުފިޔާ އަށް)
  • ލޮޓަސް ފިހާރައިން ދޭ ހަދިޔާ
  • ރެޑްވޭވްފެ ފަރާތުން ހަދިޔާކުރާ ޓީވީ އާއި ސައުންޑް ބާ
  • ބައިސްކަލު

މީގެ އިތުރުން، މުޅި މުބާރާތުން ވަނަވަނަ އަށް ހޮވުނު ކުދިންނަށް ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގުން ވެސް އަގުހުރި އިނާމުތަކެއް ދީފައިވެއެވެ. އެ ދެ ކުންފުނިން ދީފައި ވަނީ:

  • ދިރާގުގެ 50 މެގަބިޓް ތިން މަހުގެ ފައިބާ ކަނެކްޝަން
  • ދިރާގުގެ 50 މެގަބިޓް ހަ މަހުގެ ފައިބާ ކަނެކްޝަން
  • އުރީދޫން ފައިސާގެ އިނާމު (ޤުރްއާން މުބާރާތުން 1 ވަނަ އަށް 20 ހާސް އަދި މަދަހަ މުބާރާތުން 1 ވަނަ އަށް 10 ހާސް)
ކައުންސިލްގެ ޤުރްއާން މުބާރާތާއި މަދަހަ މުބާރާތުން 1 ވަނަ ހޯދި ކުދިންނާ އެކު މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ޑރ. އަލީ ޒާހިރު (ވ) / ފޮޓޯ: ސިޓީ ކައުންސިލް

ދެ މުބާރާތުން 1 ވަނަ އަށް ހޮވުނު ކުދިން:

  • ޤުރްއާން މުބާރާތް (ހިތުން ކިޔެވުމުގެ ގޮފި): މަލްކާ މުހައްމަދު ހަބީބް (11 އަހަރުން ދަށް 1 ވަނަ)
  • ޤުރްއާން މުބާރާތް (ބަލައިގެން ކިޔެވުމުގެ ގޮފި): އަކްމަލް އަޖުބަދު އަލީ (13 އަހަރުން ދަށް 1 ވަނަ)
  • މަދަހަ މުބާރާތް: ނަބާހަތު ނަޖާހު (16 އަހަރުން ދަށް 1 ވަނަ)

ދެ މުބާރާތުން 2 ވަނަ އާއި 3 އަށް ހޮވުނު ކުދިން

  • 3 ވަނަ - ޤުރްއާން މުބާރާތް (ހިތުން ކިޔެވުމުގެ ގޮފި): އުވައިސް ބިން އިނާޒް (16 އަހަރުން ދަށް 1 ވަނަ)
  • 3 ވަނަ - ޤުރްއާން މުބާރާތް (ބަލައިގެން ކިޔެވުމުގެ ގޮފި): ޒާމިން އަބްދުﷲ ޚަލީލް (13 އަހަރުން ދަށް 2 ވަނަ)
  • 2 ވަނަ - ޤުރްއާން މުބާރާތް (ހިތުން ކިޔެވުމުގެ ގޮފި): މަން އިސްމާއީލް މުކްތަބާ (13 އަހަރުން ދަށް 1 ވަނަ)
  • 2 ވަނަ - ޤުރްއާން މުބާރާތް (ބަލައިގެން ކިޔެވުމުގެ ގޮފި): އާޔަން އަހްމަދު އިނާން (16 އަހަރުން ދަށް 1 ވަނަ)
  • 3 ވަނަ - މަދަހަ މުބާރާތް: ޒަހުވާ އިބްރާހީމް ޒާހިދު (19 އަހަރުން ދަށް 1 ވަނަ)
  • 2 ވަނަ - މަދަހަ މުބާރާތް: ޒާހިލް އިބްރާހީމް ރަމީޒް (13 އަހަރުން ދަށް 1 ވަނަ)

ސިޓީ ކައުންސިލުން ބުނީ، މިދިޔަ އަހަރުގެ މުބާރާތަށް ވުރެ މި އަހަރު ބޭއްވި މުބާރާތަށް ލިބުނު ތަރުހީބު ބޮޑު ކަމަށެވެ. މިއީ ކައުންސިލުން މަދަހަ މުބާރާތާއި ޤުރްއާން މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ.