ގިނަ އަދެއްގެ މީހުންނާއެކު ދަތުރު ކުރަނިކޮށް ދިޔަވަމުން ދިޔަ ލޯންޗު ދ. މީދޫގައި ބަނދަރުކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

30 މީހުންނާ އެކު ފ. ފީއަލިން 7 ނޯޓިކަލް ބޭރުން ދަތުރު ކުރަމުން ދިޔަ ސްޕީޑް ލޯންޗަށް ރާޅެއް އަރައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބި ކޯސްޓްގާޑުން އެމީހުން ހޯދަން ފަށާފައި ވަނީ މިއަދު ހަވީރުއެވެ. އެ ލޯންޗުގައި ކުޑަކުދިންގެ އިތުރުން އަންހެނުންވެސް ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާއިރު ލޯންޗު ދ. މީދޫއަށް ދަތުރު ކުރި އިރު އެމްއެންޑީއެފްގެ އުޅަނދެއް ވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވަ ގޮތުން މި ލޯންޗަކީ މިއަދު މެންދުރު މާލެއިން ފުރައިގެން ދ އަތޮޅާއި ތ އަތޮޅަށް ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗެކެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރެއް ކަމުން ކަނޑު ދަތުރު ފަތުރު ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.