ޗާގޯސް މައްސަލަ މަޑުޖައްސާލުމަށް އެދި އިދިކޮޅު ޕީޕީއެމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ސިޓީއެއް ފޮނުވައިފިއެވެ.

ޕީޕީއެމްއިން ބުނީ، ސިޓީގައި ސޮއި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރީ އެމްއެންޕީ އަދި އެމްއާރްއެމް އިން ކަމަށެވެ. ނަމަވެސް އެ ދެ ޕާޓީއިން އެކުގައި އިތުރަށް މަސައްކަތް ތަކެއް ކުރަން ވަގުތު ބޭނުންވާތީ އާއި މިކަމުގެ ސީރިއަސްކަމާއި އަދި މާދަމާ ހުކުމް ކުރާއިރު މިއަދު ސިޓީ ވައްދަން ޖެހޭތީ މިއަދު ފޮނުވީ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ޗާގޯސްގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައިގައި ހުކުމް މި މަހުގެ 28 ގައި އިއްވާނެއެވެ. ހުކުމް އިއްވުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހެނދުނު 11 އަށެވެ.

އެ ދައުވާ އާ ގުޅިގެން ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުންނާއި އާންމުން ވަނީ ޗާގޯސް އަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށާއި އެތަން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާ ކޮށް މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފު ނުވާ އިރު، ދެ ގައުމުގެ އިން ވަކި ކުރާ ހިސާބުގައި ފުށޫ އަރާ 4000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެބައޮތެވެ.

ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ހަދަން ލިބުނު އެންމެފަހުގެ ފުރުސަތު ގެއްލުވާލީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް މިސަރުކާރުން ބުނެއެވެ.