ފިތުރު އީދާ ދީމާކޮށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް 100 ޖީބީއާ ހަމައަށް ޑޭތާ ލިބޭ އޮފާތަކެއް ތައާރަފް ކޮށްފިއެވެ.
އުރީދޫން ބުނީ، ފިތުރު އީދަކީ އާއިލާ އާއި ރައްޓެހިން އަދި ގާތްތިމާގެ މީހުނާއެކު ވަގުތު ހޭދަކޮށް އުފާ ފާޅުކުރާ ދުވަސްވަރެއް ކަމާއެކު މިއަހަރު ގެ ފިތުރު އީދު ފާހަގަކުރުމަށް ތައާރަފްކުރި ހާއްސަ އޮފާތަކުގެ ތެރޭގައި މޯބައިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އާ ދެ އެޑްއޮން ވަނީ ތައާރަފް ކޮށްފައި ކަމަށެވެ. އެއީ 3 ދުވަހަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކް އަދި 30 ދުވަހަށް 70 ޖީބީ ލިބޭ މަގޭ ޕްލޭން 600 ޕެކް އެވެ.
100 ޖީބީ 3 ދުވަހަށް ލިބޭ ޗޫޓީ ޕެކް 100 ރުފިޔާއަށް ލިބޭއިރު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. މަގޭ ޕްލޭން 600 ގެ ޕެކްގައި 30 ދުވަހަށް 70 ޖީބީ 600 ރުފިޔާއަށް ލިބޭ އިރު އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ގެންގުޅޭ ފަރާތްތަކަށް ވެސް މި ޕެކް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ޗުއްޓީ ޕެކް އެކްޓިވޭޓް ކުރުމަށް:
- "100 ޖީބީ" ޖެއްސެވުމަށް ފަހު 5555 އަށް އެސްއެމްއެސް ކުރައްވާ، ނުވަތަ
- *929*1# އަށް ގުޅައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
- އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/app ޒިޔާރާތްކޮށްލައްވާށެވެ.
- ކުއިކް ޕޭ މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް http://ore.do/chutteepack ޒިޔާރާތްކޮށްލައްވާށެވެ.
މަގޭ ޕްލޭން 600 ޕެކް އުރީދޫ އެޕް ނުވަތަ ކުއިކް ޕޭ 600 މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.
މި އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން އުރީދޫ އީދު ސައި އީދު ނަމާދަށް ފަހު ކިންގް ސަލްމާން މިސްކިތުގައި ހާއްސަ ނާސްތާއެއް ބޭއްވުމަށް ރާވާފައެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ޓީމުތަކުން އީދު ހަދިޔާ ބެހުމަށް ރާވާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށާއި އެންމެހައި ލޮބުވެތި މުސްލިމް އަހުންނާއި އުހްތުންނަށް ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާ އެކުންފުނިން ވަނީ އަރިސްކޮށްފައެވެ.