އުރީދޫ އިން ކުޅުދުއްފުށީގައި ބާއްވާ ފަން ރަން ގައި ރަޖިސްޓާ ވުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ. އިންތިޒާމްތައް ހުރި ގޮތުން މިރޭ 11:59ގައި ބައިވެރި ވުމުގެ ފުރުސަތު ބަންދުވާނެއެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާ 'ފަން ރަން' އަކީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް ކުލައިގެ އިތުރުން މަޖާ ހަރަކާތްތަކާ އެކު ބާއްވާ ދުވުމެކެވެ. މިދިޔަ އަހަރު އުރީދޫ ކަލާ ރަންގެ ނަން ފަން ރަންއަށް އަޕްގްރޭޑްކޮށް، ހުޅުމާލޭގައި ބޭއްވި އިރު 5،000 އަށްވުރެ ގިނަ ބައިވެރިން ދުވި ެވެ.

ބައިވެރިވުމަށް ދޮށީ އުމުރުފުރައެއް ނެތް އިރު ބައިވެރި ވެވޭނެ އެންމެ ހަގު އުމުރަކީ 6 އަހަރެވެ. މި ދުވުމުގައި ބައިވެރިވުމަށް މި ލިންކު ބޭނުން ކުރެވޭނެއެވެ.

ޖުމްލަ ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވެ މަޖާކޮށްލެވޭނެ ހަރަކާތެއް ކަމަށް އުރީދޫން ބުނެއެވެ. ދުވުމުގެ ތެރެއިން ހިނގާނެ ބައެއް މަޖާ ކަންތައްތަކުގެ ތެރޭގައި ކުލަ ޖެހުމާއި ފެން ޖެހުން ހިމެނެއެވެ.

މި ދުވުމުގައި، ނަށާއި، ހިނގާއި ޖޮގް ކޮށް އަދި އެމީހަކު ބޭނުން ގޮތަކަށް ކުރިއަށް ގޮސް ނިންމިދާނެއެވެ. ނިންމާކަށް ވަކި ހާއްސަ ވަގުތެއް ނޯވެއެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ކުރާ ކިޓް، ޓީޝާތާއި އައިނު، ކެޕް ފަދަ ތަކެތިވެސް ލިބެން ހުންނާނެ ކަމަށް އުރީދުން ބުނެއެވެ.