ޔޫތު މިނިސްޓްރީގެ ގުދަނަކުން މާލޭ ސިޓީ ކައުންސިލުން މުދާ ގެންދިޔަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ފޮޓޯތަކެއް ހިއްސާކުރައްވާ، މިނިސްޓަރު މަހުލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ އެތަނުގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެތާ ހުރި އަގުބޮޑު ސާމާނުތައް ގެންދަނީ ކަމަށާއި މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލާ ކަމަށެވެ.
ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަން ވާނެ ކަމަށް ވިދާލުވެ މަހުލޫފް ވަނީ ސިޓީ ކައުންސިލަށް އިންޒާރު ދެއްވާފައެވެ.
މަހުލޫފް ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަނީ ގިނަ އަދަދެއްގެ ފޮށިތަކެއް މާލެ ސިޓީ ކައުންސިލްގެ ދެ ޕިކަޕަށް އަރުވާ މަންޒަރެވެ. އަދި އެތަނުގައި ހަރަކާތްތެރިވަމުން ގެންދިޔައީ މާލެ ސިޓީ ކައުންސިލްގެ ޔުނީފޯމް އެޅި މުވައްޒަފުންނެވެ. އަދި އެ ސަރަހައްދަކީ ފުލުހުންގެ ޓޯޔާޑް ފަހަތަށް ވާ ގޮތަށް ހުންނަ ކުރީގެ ރުމާލު ޖަގަހަ ހުރި ސަރަހައްދެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ބަލާ ތަފްސީލް ހާމަކުރާނެ ކަމަށެވެ.
ސަރުކާރާއި ސިޓީ ކައުންސިލުން މާލެ ތެރޭގައި ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް ހިޔާލުތަފާތުވެސް ބަސްބުނާކަން ފާހަގަ ކުރެވެއެވެ.
ތިޔަ ސިޓީ ކައުންސިލްގައި މިފަހަރު ތިޔަ ތިބީ ހުސް ވގނ ނެވެ. އެންމެ މުލުގައި އެހުރީ އޭގެ ވެރިޔާއެވެ. ހޯމް މިނިސްޓްރީގައި ކުރިން ހުރިއިރު އެތަނަށްވެސް ހާދަ ވަރެއް އަރުވާލިއެވެ.