މި ހިނގާ ރަމަޟާން މަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މި ހިނގާ ރޯދަމަހާއި ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ސްޓެލްކޯ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. ހަފްތާ ބަންދުގައި ހުޅުވުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ސްޓެލްކޯގެ ސޭލްސް ސެންޓާއެވެ. އެއީ ހޮނިހިރު ދުވަހު ހެނދުނު 10:00އިން ހަވީރު 4:00އަށް އަދި ރޭގަނޑު 9:00އިން 11:00އަށެވެ.

ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ސްޓެލްކޯގެ ޑިޕާޓްމެންޓްތައް ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • ސްޓެލްކޯ ސޭލްސް ސެންޓާ: ހެނދުނު 9:00އިން ހަވީރު 4:00 އަދި ރޭގަނޑު 9:00 އިން 11:00އަށް
  • ސްޓެލްކޯ ރިސްޕްޝަން (ލިޔެކިޔުންތައް ބަލައިގަތުން): ހެނދުނު 9:00އިން ރޭގަނޑު 12:30އަށް
  • ކަސްޓަމާ ސާވިސް ކައުންޓާ: ހެނދުނު 9:15އިން ރޭގަނޑު 1:00އަށް

ސްޓެލްކޯގެ އީމެއިލް މެދުވެރިކޮށް ވެސް ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ކުންފުނިން ދެމުން އަންނަ އެކްޕްރެސް އިލެކްޓްރިސިޓީ ކަނެކްޝަންގެ ހިދުމަތް މި ހިނގާ ރޯދަމަހުގެ ތެރޭގައި އަދި ޝައްވާލު މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ނުދޭނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ ސްޓެލްކޯގެ ރިސެޕްޝަންގެ ނަންބަރު 3320980 ނުވަތަ ބިލިން ނަންބަރު 3314949 ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.