ރޭ އިދިކޮޅު ޕީޕީއެމް ޕީއެންސީން އެ ޕާޓީގެ އޮފީސް ދޮރުމަތީގައި މުޒާހަރާ ކުރި ވަގުތު، ދިޔަ ރައީސް އިބްރާހިމް މުަހއްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅާ ހުއްޓުވައިފިއެވެ.
ރޭ އެ މުޒާހަރާ ކުރިއަށް ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. އެއީ ރޭ ހުޅުމާލޭގައި ބޭއްވި ރެހެންދު އެވޯޑު ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންނެވި ވަގުތެވެ. ރައީސް ވަޑައިގަތީ ބޮޑުތަކުރުފަނު މަގުން ޕީޕީއެމްގެ އޮފީސް ދޮރުމަތިން ވަޑައިގަންނަވާށެވެ.
ރޭ 11 ޖަހާކަންހާއިރު ހިނގި އެ ހާދިސާއަށް ފަހު އެ މުޒާހަރާއިން ޖުމްލަ 22 މީހުން ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ތިބީ 4 މީހެކެވެ.
ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހިމެނި ވަޑައިގެން ނަމަވެސް އޭނާ ވަނީ ފަހުން ދޫކޮށްލާފައެވެ.
އާންމުވެފައި ވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވި އިރު ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ. އޭރުވެސް މުޒާހަރާގެ ބައިވެރިން ޕީޕީއެމްގެ ދިދަތަކާއެކު މަގު މައްޗަށް ފެތުރިގެން ދިޔައީ ހުރަސް އަޅަމުންނެވެ.
މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރި ވެފައި ވާއިރު ރައީސްގެ އިސްތިއުފާ އަށް ގޮވާ ހަދާފައިވެސް ވެއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން، ފުލުހުންގެ އަދި ރައީސް އޮފީހުން ބަހެއް ނުލިބުނެވެ.
މުޒާހިރާ އަކީ ގާނޫނީގޮތުން ހުއްދަ ލިބިގެން ކުރާކަމެއް. ވީއިރު ސޯލިހުގެ މޮޓޯކޭޑް އައިސް މުޒާހަރާ ކޮށްކޮށް ތިއްބާ އެތަނަށް ވަނުން އެއީ ރީތި ގޮތެއްނޫން ޚުދުމުޚުތާރު ކަން.