ސްޓްލެކޯއިން ހިންގި "ލީޑާޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން" ޓެރޭނިން ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.

މި ޓްރޭނިން އަކީ ސްޓެލްކޯގެ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޓްރޭނިން އެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްތެލްކޯއިން ބުނީ މި ޕްރޮގްރާމްގައި އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ 31 މުވައްޒަފކު ބައިވެރިވެފައިވާ ކަމަށެވެ.

އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓް ހުސެން ފަރުހާދު ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް ރޭވިގެން ކުރިއަށް ދަނީ، އެމްޑީ ޝަރީފްގެ ދުރުވިސްނުމާއި، މުވައްޒަފުންގެ ކުރިއެރުމަށް ދޭ އަހައްމިއްޔަތު ކަން ކަމަށެވެ. އަދި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ގެންގުޅެންޖޭހޭ ހަރުދަނާ އަސާސްތައް އަބަދުވެސް ނެގެހެއްޓުމުގެ މުހިއްމުކަމާއި، އެކަމުގެ ހުނަރުތަށް ދަސްކޮށްދިނުމަށް ކަމަށް ފަރުހާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަ އަހުމަދު ޝަރީފް ވިދާޅުވީ، އެ ޓްރެއިނިން އަކީ ވަރަށް މުހިއްމު ޓްރެއިނިންގއެއް ކަމަށާއި، ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަމެއްދީ، ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ސަބަބަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވާ ފަދައިން، މީހުން ބިނާ ކުރުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ މީހުންނަކީ، އެންމެ ބޮޑު އެއް ރައުސުލްމާލު، އަދި މީހުން ބިނާކޮށްގެން މެނުވީ، އަޅުގަނޑުމެން ކުރިއަކަށް ނުދާނެ. އެހެންވީމަ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން، އަޅުގަނޑުމެން ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ހިއްސާއެއް، މިފަދަ ޓްރެއިނިންގތައް ހިންގައިގެން މި އަދާ ކުރެވެނީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަ އަހުމަދު ޝަރީފް

ޝަރީފު އިތުރަށް ވިދާޅުވީ، ސްޓެލްކޯގެ ލީޑާޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. މިފަދަ ޓެރެއިނިން ތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ވަކިކަމެއް ވަކިގޮތަކަށް ކުރަން ދަސްކޮށްދޭން ނޫން ކަމަށާއި އެ ރަށެއްގެ މާހައުލަކަށްފެތޭ ގޮތަށް ސިކުނޑިއާއި، ލޯ ހުޅުވާލަދީ، ކަންކަމަށް މަގުފަހިކޮށް އަދި، ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށްދިނުމަށް ކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ، ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ ކަމަށެވެ. އަދި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން، ޓެކްނިކަލް އިންޗާޖުންނާއި، ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮއްނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން، ހިންގުމަށް ރާވަމުންދާ ކަމަށާއި، މި އަހަރުތެރޭގައި އެ ޓްރެއިނިންތައް ވެސް ހިންގިގެން ދާނެ ކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.