ނެޝަނަލް ޑްރަގް އެޖެންސީގެ ދަށުން ހިންގަމުންދާ ސެންޓަރުތަކުގައި ޖުމްލަ 427 މީހަކު ފަރުވާ ފަށާފައިވާ ކަމަށް އެ އެޖެންސީއިން ބުނެފިއެވެ.
މިދިޔަ ދެ މަހު މާލެއާއި އަތޮޅުތައް ހިމެނޭހެން 12 ސެންޓަރެއްގައި 427 މީހަކު ފަރުވާ ފަށާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ:
- ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު - ކ. ހިންމަފުށި
 - ވިލުނު ހުޅުމީދޫ
 - ހާފްވޭ ހައުސް ކޮމިޓީ ސާވިސް ސެންޓަރު - ހުޅުމާލެ
 - ހާފްވޭ ހައުސް ކޮމިޓީ ސާވިސް ސެންޓަރު - ސެމީ ރެޒިޑެންޝަލް - ހުޅުމާލެ
 - ހާފްވޭ ހައުސް ފީމެއިލް ސެންޓަރު
 - ކޮމިއުނިޓީ ސާވިސް ސެންޓަރު - މާލެ ސިޓީ
 - ގަގަން ކްލިނިކް
 - ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު - ހދ. ހަނިމާދޫ
 - ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު - ސ. ހިތަދޫ
 - ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު - ފުވައްމުލަކު ސިޓީ
 - ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު - ގދ. ތިނަދޫ
 - ދަގެނާ، ޑްރަގް ކޮމިއުމިޓީ ރިހިބިލިޓޭޝަން ސާވިސް - ގއ. ވިލިގިލި
 
އެންޑީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ފަރުވާ ފަށާފައި ވަނީ ފުވައްމުލަކުގައި ހުރި ސެންޓަރުގައި ކަމަށް ވާއިރު ޖެނުއަރީ މަހު 34 މީހަކު އަދި ފެބްރުއަރީ މަހު 46 މީހަކު ވަނީ މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ފަށާފައެވެ. ހިންމަފުށީގައި ހުންނަ ސެންޓަރުން ޖެނުއަރީ މަހު 41 މީހަކު ފަރުވާ ފެށިއިރު މިދިޔަ މަހު ފަރުވާ ފަށާފައި ވަނީ 27 މީހެކެވެ.
މިދިޔަ ޖެނުއަރީ މަހު 35 މީހަކު އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ވިލުނު ސެންޓަރުން ފަރުވާ ފެށިއިރު ފެބްރުއަރީ މަހު 22 މީހަކު ވަނީ ފަރުވާ ފަށާފައެވެ. މާލޭގައި ހުންނަ ކޮމިއުނިޓީ ސާވިސް ސެންޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ދެ މަހު ޖުމްލަ 59 މީހަކު ފަރުވާ ފަށާފައި ވާއިރު ގަގަން ކްލިނިކުން ފަރުވާ ފަށާފައި ވަނީ 52 މީހެކެވެ.
މީގެ އިތުރުން ގދ. ތިނަދޫގައި ހުންނަ ސެންޓަރުން 50 މީހަކު ފަރުވާ ފެށިއިރު ގިތަދޫގައި ހުރި ސެންޓަރުން ފަރުވާ ފެށީ 28 މީހެކެވެ.
ގިނަ އަދަދެއްގެ ބަޔަކު ކޮންމެ އަހަރަކުވެސް ފަރުވާ ހޯދަން ފެށި ނަމަވެސް ބައެއް މީހުން ފަރުވާ ފުރިހަމައެއް ނުކުރެއެވެ. މިދިޔަ އަހަރުގެ ތެރޭގައި ފަރުވާ ފުރިހަމަކޮށްފައިވަނީ 257 މީހެކެވެ.
