މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ އާގަލާ ބޯަަަޓުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން، އެ ބޯޓުން ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަން ވަނީ 72 ގަޑިއިރަށް ފަހު ހުއްޓާލާފައި ކަމަށާއި މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 ސްކެއާ މޭލުގެ ގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އާގަލާ ބޯޓުން ގެއްލިފައި ވަނީ އެ ދޯނީގެ ފަޅުވެރިއެއް ކަމަށްވާ އިންޑިއާ މީހެކެވެ. އެ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 15 މީހުންގެ ތެރެއިން 14 މީހުން ވަނީ މ. މުއްޔަށް ގެންގޮސްފައެވެ. އެ ރަށަށް ގެންދިޔަ މީހުންގެ ތެރެއިން އެއްވެސް މީހަކަށް ފިޒިކަލް އިންޖަރީއެއް ލިބިފައިނުވާ ކަމަށް މުލީ ހޮސްޕިޓަލްގެ މެނޭޖަރު ނާފިޒް ވަނީ ވިދާޅުވެފައެވެ.

އާގަލާ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޯޓު އެއްކޮށް އަޑިޔަށްގޮސްފައިވީ ނަމަވެސް ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

"