ޗައިނާގެ ރައީސް ކަމަށް ޝީ ޖިންޕިން އާ ދައުރަކަށް ހޮވިވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސްކަމުގެ މަގާމަށް 3 ވަނަ ދައުރަކަށް ޝީ ޖިންޕިން ހޮވިވަޑައިގަތީ ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައިބައިވެރިވި 3 ހާހެއްހާ މީހުންގެ އިއްތިފާގުންނެވެ.
ރައީސް ސޯލިހު ޗައިނާގެ ރައީސްއަށް މަރުހަބާ ވިދާޅުވެވިކަން ހާމާކޮށްފައިވަނީ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓްގައިވަނީ ދެގައުމުގެ ދެމެދުގައި ވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރައީސް ސޯލިހު އެދިވަޑައިގަންނަވާ ކަމަށާއި ޝީ ޖިންޕިންގެ ލީޑާޝިޕާއި ތަސައްވުރާ މެދު ޗައިނާ ރައްޔިތުނަށް އޮތް އިތުބާރު ދެމެހެއްޓުމުގައި އެމަރިކުފާނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
ޗައިނާ އެމްބަސީއިން މިކަން އާންމުކުރި ނަމަވެސް ސަރުކާރުން އަދި މިކަން ހާމަކޮށްފައެއް ނުވެއެވެ.
ޗައިނާ އާ ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ދަމަހައްޓާތާ މިދިޔަ އަހަރު 50 އަހަރުވެފައިވާއިރު ރާއްޖެ އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ކުރި އެރުމުގައި ޗައިނާއިންވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އެގޮތުން ބަލާއިރު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއަކީ އެކަމުގެ އަލިގަދަ އެއް ހެއްކެވެ.
މަހިތައް އަރަނީ ޔާމީން އެޅި ބުރިޖޭ ޗައިނާ އިން އަޅައިދިން ބުރިޖޭ ކިޔާއިރު އެ އެމީހުން ހިލޭ ކޮށްދިން ކަމެއް ބާވައޭ ނޫނީ އެ ޔާމީނު ޖީބުން ހަރަދު ކޮށްފަ ހެދިތަނެއް ބާވައޭ....