މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ގާތުން ދޭ މައިންނަށް ދެ ގަޑިއިރުގެ ބްރޭކެއް ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ އެމްއެމްއޭގައި ބޭއްވި ހަފްލާގައި އެބޭނުންކުން އިން ބުނީ އެމްއެމްއޭއަކީ ޖިންސީ ހަމަހަމަކަން އިތުރުކޮށް، އަންހެނުންނަށް ވަޒީފާ އަދާކުރުމުގައި ފަސޭހަ މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ތަނެއްކަމަށެވެ. އަދި އެމްއެމްއޭއަކީ އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި ނަމޫނާ ދައްކަމުންދާ ތަނެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްއޭ އިން އިއްޔެ ނިންމި ނިންމުމާ ގުޅިގެން މީގެ ކުރިން އެ އޮފީހުގައި ގާތުން ދޭ މައިންނަށް ދެމުން ގެންދިޔަ އެއް ގަޑިއިރުގެ ބްރޭޑް ދެ ގަޑިއިރަށް ބަދަލުވެގެން ދާނެއެވެ.

ރާއްޖޭގައި އަންހެނުންނަށް ވިހައިގެން ދޭ ޗުއްޓީ، އެންމެ ފުރަތަމަ ހަ މަސްދުވަހަށް އިތުރުކުރި އިދާރާއަކީވެސް އެމްއެމްއޭއެވެ.