ވެރިކަން ކުރާ ކޮންްގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން އިސްނަގައިގެން މިއަހަރުގެ އަންހެނުންގެ ދުވަސް ކުލަ ގަދަކޮށް ފާހަަކުރަން ނިންމައިފިއެވެ.

ކޮންްގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން މިކަން ހާމަކޮށްދީފައިވަނީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އާންމުކޮށްފައިވާ ބަޔާނުގައެވެ.

އެބަޔާނުގައި ދިވެހިރާއްޖޭގެ އަންހެނުންނާއި، އަންހެން ކުދިންނަށް އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަދާކޮށްފައިވެއެވެ. އަދި މިސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ސިޔާސީ، އިގުތިސާދީ، އަދި އިޖުތިމާއީ ގޮތުން ދިވެހި އަންހެނުން ބާރުވެރިކޮށް، މުޖުތަަމައުގައި އަންހެނުންނަށް ލިބިފައިވާ މަގާމު އިތުރަށް ވަރުގަދަކޮށް ގެވެށި މާހައުލުން ފެށިގެން މުޖުތަމައުގެ އެކި ދާއިރާތަކުގައި އަންހެނުންނަށް ރައްކާތެރިކަމާއި ސަލާމަތާއެކު، ޝަރަފުވެރިކަމާއެކު، ގައުމީ ތަރައްގީއާއި ކުރިއެރުވުމުގައި އަންހެނުން ހިއްސާވުމުގެ ފުރުސަތު ފަހިކޮށޤދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން ސިޓީތަކާއި ރަށްރަށުގެ ފެންވަރުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުގެ ގޮތުން މިސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ކޮންްގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން ވަނީ ފާހަގަކޮށްފައެވެ.

މިބަޔާނުގައި ސަރުކާރުން އަންހެނުން ބާރުވެރިކޮށް، ދިވެހި މުޖްތަމައަކީ އަންހެނުންނާއި، އަންހެން ކުދިންނަށް ރައްކާތެރި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅަށް އަންހެނުންގެ ގޮފިން ޝުކުރު އަދާކޮށްފައިވެއެވެ.

ބަޔާން ނިންމާލަމުން ކޮންްގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން އިސްނަގައިގެން މިއަހަރުގެ އަންހެނުންގެ ދުވަސް ކުލަ ގަދަކޮށް ފާހަަކުރަން ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ. އަންހެނުންގެ ދުވަސް ފާހަގަކުރަން ބާއްވާ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަ ޖެހިފައިވަނީ ރޯދަމަހަށް ފަހުއެވެ.