މ . ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ނަމަކަށް ކިޔާާ މާލެ ދަތުރު ކުރާ ބޯޓެއްގައި އަލިފާން ރޯވެގެން ކަނޑަށް ފުންމާލި 15 މީހުންގެ ތެރެއިން އެކަކު ނުފެނިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އެބޯޓުން ދަތުރު ކުރީ 15 މީހުން ކަމަށާއި އެމީހުންގެ ތެރޭގައި ހިމެނެނީ؛

  1. ދިވެހިން 5
  2. އިންޑިއާ 5
  3. ބަންގަދޭޝް 5 މީހުންނެވެ.

ބޯޓުގައި ރޯވުމާއެކު އޭގައި ތިބި މީހުން ފުންމާލީ ކަނޑަށެެވެ. އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުން އެ ސަރަހައްދަށް ގޮސް ކަނޑުވެފައި ތިބި މީހުން ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް އޭގެ ތެރެއން އެކަކު ނުފެންނަ އިރު އެއީ އިންޑިއާ މީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ 02:47 ގައި ކަމަށް ވެސް ބުނެފައި ވެއެވެ.

މި ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގަށޤ މެދުވެރި ސަބަބަކާއި އަދި ބޯޓުގައި ހުރީ ކޮންއެއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ.